ޕާކިސްތާނުން 79 ވަނަ މިނިވަން ދުވަސް ފާހަގަކޮށްފި

ޖޯޝާއި ފޯރިއާއެކު ޕާކިސްތާނުގެ 79 ވަނަ މިނިވަން ދުވަސް މުޅި ޤައުމުގައި ފާހަގަކޮށްފިއެވެ. މިނިވަން ދުވަހުގެ ޙަރަކާތްތައް ފެށިގެންދިޔައީ ދުވަހުގެ ފެށުމުގެ ގޮތުން ދިން 21 ބަޑީގެ ސަލާމަކާއި، ފަތިސް ނަމާދު ވަގުތު ޤައުމުގެ ސުލްހައާއި، އެއްބައިވަންތަކަމާއި، ކުރިއެރުމަށް އެދި ކުރި ޚާއްޞަ ދުޢާތަކާ އެކުގައެވެ.

މެންދަމު 12 ޖެހުމާއެކު، ކަރާޗީ، ލާހޯރު، އިސްލާމްއާބާދު، ޕޭޝާވަރު ކުއެޓާ އަދި މުލްތާން ފަދަ ބޮޑެތި ސިޓީތަކުގެ މަގުތަކާއި ޢާންމު މައިދާންތަކަށް އެތައް ހާސް ބަޔަކު ނުކުމެ، މިނިވަން ދުވަހުގެ އުފާ ފާޅުކޮށްފައިވެއެވެ.

މުޅި ޤައުމު ވަނީ ޤައުމީ ދިދައިގެ ކުލަތަކުން ޒީނަތްތެރިކޮށް، ގިނަ ސަރަޙައްދުތަކުގައި ހަވާ އެރުވުމާއި ބައްތިބަރި ޖެހުމުގެ ޙަރަކާތްތައް ބާއްވާފައެވެ.

ޚާއްޞަ ގޮތެއްގައި ލާހޯރުގެ ގްރޭޓަރ އިޤްބާލް ޕާކާއި ލިބަރޓީ ޗޯކުގެ އިތުރުން މުލްތާންގެ ޗޯކުގައި ބޭއްވި ހަވާ އެރުވުމުގެ ކުލަގަދަ ޙަރަކާތްތަކަށް ރައްޔިތުންގެ ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ.

މި މުނާސަބަތާ ގުޅިގެން ޕާކިސްތާނުގެ ސިފައިން ވަނީ ކޮންމެފަދަ ނުރައްކަލަކާ ކުރިމަތިލާންޖެހުނު ކަމުގައިވިޔަސް، މާދަރީ ވަޒަން ދިފާޢުކުރުމަށް ސިފައިން ތައްޔާރަށް ތިބި ކަމަށާއި ޤައުމުގެ ސިޔާދަތާއި ސަރަޙައްދު ޙިމާޔަތްކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް ބުނެފައެވެ.

ހިއްސާ ކުރައްވާ!