ހުޅަނގު އައްސޭރީގައި ޔަހޫދީ ޒަޔަނިސްޓުންގެ ހަރުކަށި ފިކުރުގެ އަދުއްވުން ފަލަސްޠީނު ރައްޔިތުންގެ ގެދޮރު ހިސާރުކޮށް ނަސްލު ސާފުކޮށް ދެމުންދާ ލާއިންސާނީ ޢަމަލުތައް ފާޅުގައި ކުށްވެރިކުރުމަށް، ޓްރަމްޕް ޖެނޮސައިޑް މޭސްތިރި ބެންޖަމިން ނަތަންޔާހޫއަށް އަންގާ ކަމަށް އެމެރިކާއާއި އިޒްރޭލުގެ ރަސްމީ ފަރާތްތަކާ ހަވާލާދީ ރިޕޯޓްކޮށްފިއެވެ.
ޤުޞްރާ އަވަށުގައި ޔަހޫދީ ޒަޔަނިސްޓުން ވަނީ ފަލަސްޠީނު ރައްޔިތުންގެ ގެދޮރު ވަށައިލައި، ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑައިލައިފައެވެ. މި ނުރައްކާތެރި ހާދިސާގެ ސަބަބުން ފަލަސްޠީނުގެ އެތައް ޢާއިލާއެއް ގޭބިސީތަކުގައި ތާށިވެ، ބަނޑުހައިހޫނުކަމާއި ފެނުގެ ދަތިކަމާ ކުރިމަތިލާންޖެހިފައިވާ ކަމަށް މަސްދަރުތަކުން ބުނެފައިވެއެވެ. މި ހާލަތު ދެމިގެންގޮސްފައިތވާތާ ގާތގަނޑަކަށް ހަފުތާއެއްހާ ދުވަސް ވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިޒްރޭލުގައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ ބުނެފައިވަނީ، އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާ ހަރުކަށި ޒަޔަނިސްޓުންނަކީ "އިޒްރޭލުގެ ޓެރަރިސްޓުން" ކަމުގައެވެ. އަދި މި ޖަރީމާތަކާ ގުޅިގެން، އިޒްރޭލުގެ ސިފައިން ވަނީ އެ ސަރަޙައްދުގައި ޒަޔަނިސްޓުން ޖަހާފައިވާ ފޭލިގެއެއް ރޫޅާލާފައި ކަމަށް ޔަހޫދީ ސިފައިން ބުނެފައިވެއެވެ. ނަމަވެސް، ޔަހޫދީންގެ ލާއިންސާނީ ޢަމަލުތަކާ ގުޅޭގޮތުން ޖެނޮސައިޑް ނަތަންޔާހޫ އަދިވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.







