އިސްރާއީލުގެ ޑީސަލިނޭޝަން ޕްލާންޓްތަކުގެ މަސައްކަތް ހުއްޓިއްޖެ

މެޑިޓަރޭނިއަން ކަނޑުގެ ސަރަޙައްދަށް މޫސުން ގޯސްވެ، ކަނޑުގެ ފެން ކުނިވުމުގެ ސަބަބުން އިސްރާއީލުގައި ލޮނުފެން މީރުފެނަށް ބަދަލުކުރާ ހަ ކާރުޚާނާގެ ތެރެއިން ފަސް ކާރުޚާނާގެ މަސައްކަތް އަންގާރަ ދުވަހު އަނެއްކާވެސް ހުއްޓާލައިފިއެވެ.

އިސްރާއީލުގެ އެނާޖީ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ހާމަކުރި ގޮތުގައި، ކަނޑުގެ އަޑީގައި އުފެދުނު ފެން ކިލަނބު ކުރާ މާއްދާތަކެއްގެ ސަބަބުން ފެން ސާފުކުރުމަށް ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. މިއީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ޔަހޫދީންގެ ޤައުމަށް މިފަދަ ފެނުގެ ތަދުމަޑުކަމެއް ކުރިމަތިވި ފުރަތަމަ ފަހަރެވެ.

  • قُلْ أَرَءَيْتُمْ إِنْ أَصْبَحَ مَآؤُكُمْ غَوْرًۭا فَمَن يَأْتِيكُم بِمَآءٍۢ مَّعِينٍۭ ٣٠
  • ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން خبر ދީބަލާށެވެ! ތިޔަބައިމީހުންގެ (ބޭނުންކުރާ) ފެން އަޑިޔަށް ހިނދިއްޖެނަމަ، ހިނގަހިނގާ ހުންނަ ފެނެއް ތިޔަބައިމީހުންނަށް ގެނެސްދޭހުށީ ފަހެ ކާކުހެއްޔެވެ؟ (އަލްމުލްކު)

މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ ނޭޝަނަލް ސައިބަރ ޑަډައިރެކްޓަރޭޓުން ވަނީ މިއީ ސައިބަރ ހަމަލާއެއްގެ ސަބަބުން ދިމާވި ކަމެއް ނޫން ކަން ކަށަވަރުކޮށްދީފައެވެ. އެ އިދާރާއިން ބުނި ގޮތުގައި މައްސަލަ ދިމާވާން މެދުވެރިވި ހަމައެކަނި ސަބަބަކީ ޤުދުރަތުން މެދުވެރިކޮށްފައިވާ ނުރައްކާތެރި މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ފެނުގެ ސާފުކަމަށް އައި ބަދަލުތަކާ ހެދިއެވެ،. މި ކަމުގެ ސަބަބުން ހިފާފައިވާ ޤުދުސްގެ ބައެއް އަވަަށްތަކުން ދިގު މުއްދަތަކަށް ފެނުގެ ޚިދުމަތް މެދުކެނޑި، އާންމު ބޭނުންތަކަށާއި ދަނޑުވެރިކަމަށް ފެން ބޭނުންކުރާ މިންވަރު މަދުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ.

ފެނުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، އިސްރާއީލުގެ ދަނޑުވެރިންގެ ފެޑެރޭޝަނުން ވަނީ ސަރުކާރުގެ އަވަސް އެހީތެރިކަމަށް އެދިފައެވެ. އެ ފަރާތުން އިންޒާރު ދޭ ގޮތުގައި މޭވާއާއި ކާބޯތަކެތި ހެއްދުމުގެ މޫސުމުގައި ފެން ނުލިބިއްޖެނަމަ، އެތައް ސަތޭކަ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ. ނަމަވެސް އެނާޖީ މިނިސްޓަރު އެލީ ކޯހެން ބުނަނީ ގޭގެޔަށް ބޭނުންވާ ފެން ކަށަވަރުކޮށްދިނުމަށްޓަކައި، އިރުއުތުރުގައިވާ ސީ އޮފް ގަލިލީ ކައިރިން އިތުރަށް ފެން ނެގުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

ހިއްސާ ކުރައްވާ!