ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސުގައި ކުއްލި ނުރައްކަލުގެ ހާލަތާއި ގަވަރުނަރު ގެ ވެރިކަން އިއުލާންކުރުމާ ގުޅިގެން ސެނެޓްގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ބަހުގެ ހަމަލަތަކެއ ބަދަލުކޮށްފިއެވެ.. މި ނިންމުމަކީ ސަލާމަތީ ފިޔަވަޅެއްގެ ނަމުގައި ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އިދިކޮޅު ޕީޓީއައި ޕާޓީން ތުހުމަތުކުރާއިރު، ސަރުކާރުން ވަނީ މި ފިޔަވަޅު ދިފާއުކޮށްފިއެވެ.
ޕާކިސްތާނުގެ މައި ސަރުކާރުން އާދިއްތަ ދުވަހު ޚައިބަރު ޕަޚްތުންޚުވާގައި ގަވަރުނަރު ގެ ވެރިކަން އިއުލާންކުރެއްވީ، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުން ޕީޓީއައިގެ ބާރުގެ ދަށުގައިވާ ސަރަހައްދީ ސަރުކާރުން އެއްބާރުލުން ނުދޭ ކަމަށް ތުހުމަތުކޮށެވެ. މި ގަރާރުތައް ޤާނޫނަކަށް ހެދުމަށްޓަކައި ޕާލަމެންޓްގެ ތާއީދު ހޯދަންޖެހޭއިރު، މި މައްސަލައާ ބެހޭ ގޮތުން ސެނެޓާއި ދަށުގެ، ޤައުމީ މަޖިލީހުގެ ޖަލްސާތައް ބާއްވާފައެވެ.
ސެނެޓްގައި ވާހަކަދައްކަވަމުން ޕީޓީއައިގެ ޕާލަމެންޓަރީ ލީޑަރު ބެރިސްޓަރ އަލީ ޒަފަރު ވިދާޅުވީ، ޚައިބަރު ޕަޚްތުންޚުވާގައި ހިނގަމުންދާ ކަންކަމަކީ ހަމައެކަނި އިދާރީ ނިންމުމެއް ނޫން ކަމަށާއި، އެއީ ޕާކިސްތާނުގެ ޤާނޫނުއަސާސީއަށް ކުރިމަތިވެފައިވާ ބޮޑު އިމްތިހާނެއް ކަމަށެވެ. "ޤާނޫނުއަސާސީ ވާންޖެހޭނީ ކާރިސާއެއްގެ ވަގުތުގައި އަޅުގަނޑުމެންގެ އައްޑަނައަކަށް، ނަމަވެސް މިހާރު ފެންނަނީ އެއީ އެފަދަ ހާލަތްތަކުގެ ކަތިލެވޭ އެއްޗެއްގެ ގޮތުގައި ބޭނުންކުރާތަން،" އޭނާ ވިދާޅުވިއެވެ.
އަލީ ޒަފަރު އިތުރަށް ވިދާޅުވީ ޓެރަރިޒަމް ނައްތާލަން ޖެހޭ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި، ނަމަވެސް ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމަ ޑިމޮކްރަސީއާ ދެކޮޅަށް ކުރާ ހަނގުރާމައަކަށް ހަދައިގެން ނުވާނެ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތް އިއުލާންކުރާ ޤާނޫނީ މާއްދާތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ ކަމަށް އޭނާ އިންޒާރުދެއްވިއެވެ.
މި ތުހުމަތުތަކަށް ރައްދުދެއްވަމުން ދާޚިލީ ވަޒީރު މުޙުސިން ނަގްވީ ވިދާޅުވީ، ޚައިބަރު ޕަޚްތުންޚުވާގައި ގަވަރުނަރު ގެ ވެރިކަން އިއުލާންކުރީ ޤާނޫނުއަސާސީއާ ޚިލާފަށް ނޫން ކަމަށެވެ. އަދި ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ޓެރަރިޒަމްގެ މައްސަލައަށް އިސްކަންދެވުނު ނަމަވެސް، ޕީޓީއައިގެ ފަރާތުން އެއްބަސްވުމަކަށް އައުމަށް ހުރަސްއެޅިފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ރައީސް އާޞިފް އަލީ ޒަރްދާރީ ޤާނޫނުއަސާސީގެ 232 ވަނަ މާއްދާއާއި 234 ވަނަ މާއްދާގެ ދަށުން އިއުލާންކުރެއްވި މި ޤަރާރުތައް ދިރާސާކޮށް ފާސްކުރުމަށްޓަކައި ޕާލަމެންޓްގެ ދެ ގެއަށް މިހާރު ވަނީ ހުށަހަޅާފައެވެ.




