އެމެރިކާގެ އުތުރު-ހުޅަނގުގެ އޮރެގަން ސްޓޭޓްގެ ޕްރައިމަރީ ސްކޫލެއްގެ ތެރޭގައި ޒުވާނަކު ދިން ބަޑީގެ ހަމަލާއެއްގައި ތިން ކުޑަކުދިންނާއި ޓީޗަރަކު މަރާލައިފިއެވެ.
އޮރެގަންގެ ބެންޑް ސިޓީގައި ހުންނަ "ސިލްވާ ރެއިލް އެލިމެންޓަރީ ސްކޫލް" ގައި ބަޑިޖެހި ހާދިސާގައި މަރާލާފައި ވަނީ އުމުރުން 5 އަހަރާއި، 8 އަހަރާއި، 11 އަހަރުގެ ތިން ކުދިންގެ އިތުރުން އެ ސްކޫލުގެ ޓީޗަރެކެވެ. ބެންޑް ޕޮލިސް ޑިޕާޓްމަންޓުގެ ޗީފް މައިކް ކްރާންޓްޒް ވިދާޅުވީ، ހަމަލާދިން މީހާއަކީ އެ ސަރަހައްދަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ ކުއްޖެއް ކަމަށެވެ. އަދި ހަމަލާދިން ކުއްޖާ ސްކޫލަށް ވަންތަން ފެނިގެން އޭނާގެ ފަހަތުން ދިޔަ އާންމު މީހަކު ދިން ހަމަލާގައި، ހަމަލާދިން ކުއްޖާވެސް ވަނީ މަރުވެފައެވެ.
ފުލުހުންގެ ތަރުޖަމާނު މައުލޫމާތު ދެއްވި ގޮތުގައި، އިމަޖެންސީ ނަންބަރަށް ފުރަތަމަ ރިޕޯޓުލިބުނީ ކާރަކަށް ބަޑިން ހަމަލާދިން ކަމަށް ބުނެއެވެ. ނަމަވެސް، އޭގެ މަދު މިނެޓުކޮޅެއްގެ ތެރޭގައި ސްކޫލުގެ ތެރޭގައި މީހަކު ބަޑިޖަހަމުންދާ ކަމުގެ ގިނަ ކޯލުތަކެއް ވަނީ ލިބެން ފަށާފައެވެ.
ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ހަމަލާދިން ފަރާތް ވަނީ އޭނާއަށް އަމާޒު ކުރި ރައްދު ހަމަލާގައި މަރުވެފައެވެ. 400 އާއި 450 އާ ދެމެދުގެ އަދަދަކަށް ކުދިން ކިޔަވަމުންދާ މި ސްކޫލް ވަގުތުން ބަންދުޖޮށް ދަރިވަރުން ވަނީ ރައްކާތެރި ސަރަހައްދަކަށް ބަސްތަކުގައި ބަދަލުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ބެންޑް-ލާ ޕައިން ސްކޫލްސްގެ ސުޕްރިންޓެންޑެންޓް ސްޓީވް ކޫކް ވިދާޅުވީ މިއީ މުޅި މުޖުތަމައަށްވެސް ލިބުނު ބޮޑު ހިތާމައެއް ކަމަށާއި، އަނިޔާވި އަދި މަރުވި ކުދިންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން އެ ދާއިރާގެ އެކި ހިސާބުތަކުގައި ހުންނަ އެހެން ސްކޫލްތަކުގެ ކިޔެވުމާއި ކުޅިވަރު ހަރަކާތްތައް ވަނީ މެދުކަނޑާލާފައެވެ.
އެމެރިކާގައި ބަޑީގެ ނުރައްކާތެރި ހަމަލާތައް އިތުރުވަމުންދާއިރު، މިއީ އެ ގައުމުގައި އާންމުވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މިއަހަރުގެ މިހާތަނަށް އެކަނިވެސް އެމެރިކާގައި ހަތަރު މީހުންނަށްވުރެ ގިނަ މީހުން މަރުވި މިފަދަ 360 އަށްވުރެ ގިނަ ހަމަލާ ވަނީ ރެކޯޑުކުރެވިފައެވެ.
ބަޑީމުޖުތަމައު އަމާން ކުރުމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ މީސް މީޑިއާ ގައި ކަންބޮޑުވުން ފާޅުކޮށް، މިފަދަ ހާދިސާތައް އާންމު ކަމެއްގެ ގޮތުގައި ބަލައިގަތުން ހުއްޓާލުމަށް ގޮވާލާފައެވެ.




