Unsplash by Chris Karidis
Unsplash by Chris Karidis

ފަރަންސޭސިވިލާތުގެ ވެރިރަށުގައި ހިންގި ހައްދުފަހަނައަޅާފައިވާ ހަމަނުޖެހުންތަކާއި ލޫޓުވުންތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ފަރަންސޭސިވިލާތުގައި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ދެކޮޅަށް ކުރިއަށްދިޔަ މުޒާހަރާތައް ހަލަބޮލިވެ، ވެރިރަށް ޕެރިހާއި އެހެނިހެން ސަހަރުތަކުގައި ހަމަނުޖެހުންތަކާއި ވައްކަމާއި ލޫޓުވުންތައް ހިންގައިފިއެވެ. މޫނު ނިވާކޮށްގެން ތބި ގިނަ އަދަދެއްގެ މީހުން ވަނީ ފިހާރަތަކުގެ ބިއްލޫރިތައް ތަޅައިލައި، ފިހާރަތަކުން އަގުބޮޑު މުދަލާއި ފައިސާ ލޫޓުވާފައެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން އެޤައުމުގެ ކަމާބެހޭ އިދާރާތަކުން ބުނީ، މުޅި ޤައުމުން 1,200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، ފުލުހުންގެ ތެރެއިން 150 އަށްވުރެ ގިނަ އޮފިސަރުންނަށް އަނިޔާވެފައިވާ ކަމަށް ބުނެފައެވެ. ވެރިރަށް ޕެރިހުގެ މަޝްހޫރު ޖުމްހޫރީ މައިދާނުގެ ސަރަޙައްދުގައި ހަމަނުޖެހުން ހިންގާ ފަރާތްތަކާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގާފައިވާއިރު، ފުލުހުން ވަނީ މުޒާހަރާ ކުރާ މީހުން ދުރުކުރުމަށް ކަރުނަ ގޭހާއި ފެން ބަޑި ބޭނުންކޮށްފައެވެ.

މި ހާދިސާތަކާ ގުޅިގެން ފަރަންސޭސި ސަރުކާރުން ވަނީ ހަމަނުޖެހުން ހިންގާ ފަރާތްތަކުގެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ޤައުމުގެ އާންމު މަސްލަޙަތާއި މިނިވަންކަން ޙިމާޔަތްކުރުމަށްޓަކައި ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް މެކްރޮން ރައީސް ވަނީ ވިދާޅުވެފައިވެއެވެ. މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް 6 މަސްދުވަހަށް ވެފައި ވަނިކޮށް، ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!