ނޯބެލް އިނާމު ނުލިބުމުން، ރުޅިއައިސްފައިވާ ޓްރަމްޕް ލިޔުންތެރިކަމުގެ ދާއިރާއިން އެންމެ މަތީ އިނާމު ހައްގުވާ ކަމަށް ބުނެފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ދުނިޔޭގެ ހަނގުރާމަތައް ހުއްޓުވި ކަމަށް ވިދާޅުވެ ނޯބެލް ސުލްހައިގެ އިނާމު ދޭ ކޮމިޓީ އޭނާގެ ބިސްމަޅީގައި ޖައްސަަން އުޅެ އެކަން ކާމިޔާބު ނުވުމުން މިހާރު ލިޔުން ތެރިންނަށް ދޭ އެންމެ މަތީ އެވޯޑު ހޯދުމަށް މަސައްކަތ ްފަށައިފިއެވެ.

"ޕުލިޓްޒާ އިނާމަކީ އެމެރިކާގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އެންމެ ޝަރަފުވެރި އިނާމެވެ،. ޓްރަމްޕް ވިދާޅުވަނީ އޭނާ ލޯބީގެ ސިޓީތައް ލިޔެ އިޝްގީ ޅެންތައް ބިޓުންނަށް ފޮނުވާފައިވާތީ އޭނާއަށް ލިޔުންތެރިކަމުގެ އެންމެ މަތީ އިނާމު ހައްގު ކަމަށެވެ.

ސައުތު ކެރޮލައިނާގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ، ނޯބެލް އިނާމާއި ޕުލިޓްޒާ އިނާމު ނުލިބުމުން ނުރުހުންވެ ވާހަކަ ދައްކަވާފައެވެ.

ޓްރަމްޕް ވިދާޅުވީ، ރަޝިޔާއިން އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް ބުނެ ލިޔުންތައް ލިޔުނު ނޫސްވެރިންނަށް ޕުލިޓްޒާ އިނާމު ލިބިގެން ނުވާނެ އެވެ. އަދި ނޫސްވެރިކަމުގެ އެ ރިޕޯޓުތަކަށް ޕުލިޓްޒާ އިނާމު ލިބޭނަމަ ތިމަން ލިޔެފައިވާ ސިޓީތަކަށް ބަލާފައި އިނާމު ހައްގު ވާކަމަށް ޓްރަމްޕް ބުންޏެވެ.

"މި ތަހުގީގު ރިޕޯޓުތަކާ ގުޅިގެން ޕުލިޓްޒާ އިނާމު ލިބުނު ފަރާތްތަކަށް އެ އިނާމު ހައްގެއް ނޫން. އެ މީހުން ލިޔުނީ 'ރަޝިޔާ، ރަޝިޔާ، ރަޝިޔާ' އޭ ކިޔައިގެން. އެ ވާހަކަތަކަކީ މުޅިން ނުބައި މައުލޫމާތު. މަށަކަށް ނޯބެލް ގެ ސުލްހައިގެ އިނާމެއް ނުލިބުނު. ޕުލިޓްޒާ އިނާމެއްވެސް ނުލިބުނު. އަހަރެން ލިޔުނު ލިޔުންތަކަށް ބަލައި މަޝަށް ޕުލިޓްޒާ އިނާމު ލިބެންޖެހޭނެ،" ކޯފާވެފައިވާ ޓްރަމްޕް ވިދާޅުވިއެވެ.

ޕުލިޓްޒާ އިނާމަކީ އެމެރިކާގެ ނޫސްވެރިކަމާއި، އަދަބިއްޔާތާއި، ޑްރާމާ އަދި މިއުޒިކްގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތަކަށް އަހަރަކު އެއްފަހަރު ދޭ އެންމެ ޝަރަފުވެރި އިނާމެވެ.

ނަމަވެސް ޓްރަމްޕް މި އިނާމު ހޯދަން ދިމާކުރަނީ ކޮން ލިޔުމެއް ލިޔެގެން ކަމެއް ސާފެއް ނުވެއެވެ.

ޓްރަމްޕްގެ ނަމުގައި 20 ފޮތއް ވަނީ ޝާއިއުކޮށްފައެވެ. އެއިން އެއްވެސް ފޮތަކީ އޭނާ ލިޔުނު އެއްޗެއް ނޫނެވެ. އެއީ ވިޔަފާރި އުސޫލުން ލިޔުއްވާފައިވާ ފޮތްތަކެވެ.

އޮރިޔާން ފިލްމު ކުޅުނު ޑެނިއެލް ސްޓޯމީއާއި އެހެން އެތައް ދޮޅަސް އަންހެނުން ރޭޕްކޮށްގެން ކުށްސާބިތުގެ ހުކުމް ކޮށްފައި ނުވާ ޓްރަމްޕް ސިޔާސީ މައިދާނަށް ނުކުންނެވުމުގެ ކުރިން، 1987 ވަނަ އަހަރު ނެރުއްވި މަޝްހޫރު "ދި އާޓް އޮފް ދަ ޑީލް" ފޮތަކީވެސް ޓޯނީ ޝްވާޓްޒް ނަމަކަށް ކިޔާ ލިޔުންތެރިއަކު އަގަށް އޭނާއަށް ލިޔެދީފައިވާ ފޮތެކެވެ.

ސައުތު ކެރޮލައިނާގެ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ، އެމަނިކުފާނު އަލުން ވެރިކަމަށް ވަޑައިގެންނެވި ފަހުން ބޭސްތަކުގެ އަގުހެޔޮކުރުމަށް ކުރެއްވި މަސައްކަތަކާއި، މަރުގެ އަދަބު ދިނުން އިތުރު ކުރުމަށް ކުރި މަސައްކަތާއި ޖެނޮސައިޑް ހިންގަން ހަތިޔާރު ސަޕްލައި ކޮށްދިނުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

ހިއްސާ ކުރައްވާ!