އޮޕަރޭޝަން ސިންދުރު ހުއްޓުވިކަމަށް ބުނެ ޓްރަމްޕް ފޮނިކަނޑައިފި

އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ކެމްޕޭން އެއްވުންތަކުގައި، ޓްރަމްޕް ވަނީ އޭނާގެ މަސައްކަތުން އޮޕަރޭޗަން ސިންދޫރު ހުއްޓުވިކަމަށް ބުނެ ފޮނިކަނޑާފައެވެ. ޓްރަމްޕް ވިދާޅުވީ އޭނާގެ ވަރުގަދަ ޓެރިފްތަކުގެ އިންޒާރާއެކު އެ ހަނގުރާމަ ހުއްޓުވީ ކަމަށެވެ.

ފްލޮރިޑާގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ އޭނާއަކީ ސުލްހައަށް މަސައްކަތް ކުރާ މީހެއްގެ ގޮތުގައި ވާހަކަ ދައްކަމުން ސަޅިބައިސާ ކަނޑާފައެވެ.

އިންޑިއާއިން މެއި 2025 ގައި 'އޮޕަރޭޝަން ސިންދޫރު' ފެށީ، އޭޕްރީލް 22 ގައި ޕަހަލްގާމްގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ޕާކިސްތާނާއި ޕާކިސްތާނުގެ ދަށުގައިވާ ޖައްމޫ އެންޑް ކަޝްމީރުގައި ހުރި ޓެރަރިސްޓް ވަސީލަތްތަކަށް އަމާޒުކޮށް ހަމަލަ ދީގެންނެވެ.

ފްލޮރިޑާގައި އޮތް އެއްވުމުގައި ޓްރަމްޕް ވިދާޅުވީ، ދެ ގައުމުން ހަނގުރާމަ ކުރަމުން ދަނިކޮށް، އެމެރިކާއާ އެކު ކުރާ ވިޔަފާރިއަށް 250 އިންސައްތައިގެ ބޮޑު ޓެރިފެއް ނަގާނެ ކަމުގެ އިންޒާރު ދެއްވުމުން ދެ ގައުމުން ހަމަލާތައް ހުއްޓާލީ ކަމަށެވެ.

"ދެ ނިއުކްލިއާ ބާރު ކަމަށްވާ އިންޑިއާއާއި ޕާކިސްތާނުގެ ހަމަލާތައް އަޅުގަނޑު ހުއްޓުވިން. އަޅުގަނޑު ބުނިން، ތިޔަގޮތަށް ކަންތައް ކުރާނަމަ އެމެރިކާއާއެކު ވިޔަފާރިއެއް ނުކުރެވޭނެއޭ. ދެ ގައުމަށް ވެސް 250 އިންސައްތައިގެ ބޮޑު ޓެރިފެއް ނަގާނަމޭ،" ޓްރަމްޕް ވިދާޅުވިއެވެ. މީގެއިތުރުން އެ ދެ ގައުމުން ވަރަށް ރުޅިއައިސް ތިބި ނަމަވެސް، ހަމަލާތައް ހުއްޓާލުމުން ހަނގުރާމަ ނިމުމަކަށް އައި ކަމަށާއި، އެ ހަނގުރާމައިގައި 11 މަތިންދާބޯޓު ވައްޓާލި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ސުލްހައިގެ މަސައްކަތުގައި އދ ގެ އެއްވެސް އެހީތެރިކަމެއް ހޯއްދަވާފައި ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި އޭނާ ހައްލުކޮށްދެއްވި ބައިނަލްއަގުވާމީ މައްސަލަތަކަށް ނޯބެލް ސުލްހައިގެ އިނާމު ނުލިބެންވީ ކީއްވެތޯ ވިދާޅުވެ އޭނާ ވަނީ ސުއާލު އުފައްދާފައެވެ.

  • މިހިނދު ޓްރަމްޕްކީ އީރާނުގެ ކުޑަކުދިންގެ ސްކުލަކަށް ބޮންއަޅައި ގިނަ އަދަދެއްގެ ކުޑަކުދިންގެ ގަތުލުއާންމެއް ހިންގި މީހާއެވެ.
  • ޓްރަމްޕަކީ ފާޅުގައި ޖެނޮސައިޑަށް ހަތިޔާރު އުފައްދައި ދިން ކަމަށް ޔަހޫދީންގެ ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވި މީހާއެވެ.
  • ޓްރަމްޕަކީ ހުރުމުޒު ކަނޑުއޮޅީގައި ހަމަނުޖެހުން އުފައްދައި ދުނިޔޭގެ ތެލުގެ ވިޔަފާރި ހުއްޓުވައި މުޅި ދުނިޔޭގައި ތަކެތީގެ އަގު ބޮޑުކޮށް އިގްތިސާދީ ކާރިސާއެއް ކުރިމަތި ކުރުވި މީހާއެވެ.
  • ޓްރަމްޕަކީ އަމއިްލަ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ސިފައިންނާއި ފުލުހުން ނެރުނު މީހާއެވެ.

"އަޅުގަނޑު ވަނީ އަށް ހަނގުރާމައެއް ހުއްޓުވައި ސުލްހަކޮށްދީފައި. ނަމަވެސް އަޅުގަނޑަށް ނޯބެލް އިނާމު ލިބުނުތޯ؟ ނުލިބޭ،" ނޯބެލްގެ ސުލްހައިގެ އިނާމަށް ބޫތުކައިފައިވާ ރާގަކަށް އޭނާ އިއްވަމުން ދިޔައެވެ!

އިންޑިއާއިން ބުނަނީ ޓްރަމްޕްގެ ވާހަކައަކީ ސަޅިބައިސާ ކަމަށެވެ އަދި އެ ހަމަލަތައް ހުއްޓުވުމުގައި އޭނާގެ އެއްވެސް ދައުރެއް ނެތް ކަމަށެވެ. އަދި އެ ހަމަލަތައް ހުއްޓުނީ ދެ ގައުމުގެ ސިފައިންގެ ވެރިންގެ ފެންވަރުގައި ވާހަކަ ދައްކައިގެންނެވެ.

ހިއްސާ ކުރައްވާ!