ބަނގްލަދޭޝް: މުޒާހަރާތަކާ ގުޅިގެން ދަރިވަރުން ކާމިޔާބު ކޮށްފި

ބަނގްލަދޭޝްގެ ދަރިވަރުން ނިކުމެ ކޮށްފައިވާ މުޒާހަރާގެ ރޫޙާ އެއްގޮތަށް އެގައުމުގެ ސުޕްރީމް ކޯޓުން ޙުކުމެއް ދީފިއެވެ. ދަރިވަރުންގެ މުޒާހަރާއާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ސޫމޯޓޯ މައްސަލައެއް ބަލާފައެވެ.

މުޒާހަރާތައް ފެށުނީ ބޮޑު ވަޒީރު ޝެއިޚު ހަސީނާގެ ސަރުކާރުން، ބަނގްލަދޭޝްގެ މިނިވަންކަމަށް ހަނގުރާމަ ކުރި މީހުންގެ އާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 56 އިންސައްތަ ދިނުމަށް ނިންމުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުން ވަނީ އެ އަދަދު 7 ޕަސެންޓަށް ތިރިކޮށްފައެވެ.

ބަނގްލަދޭޝްގައި އޮފީސްތައް ބަންދުކޮށް، ބޭރަށް ނިކުމެ އުޅުން މަނާކޮށްފައި ވެއެވެ. މުޒާހަރާތަކާ ގުޅިގެން ހައްޔަރުކޮށްފައިޥާ ކުދިން މިނިވަން ނުކުރާހައި ހިނދަކު މުޒާހަރާތައް ކުރިއަށް ގެންދާނެކަމަށް ދަރިވަރުން ވަނީ ބުނެފައެވެ.

ހިއްސާ ކުރައްވާ!