އިޒްރޭލުގެ ރައީސް މަތިންދާބޯޓުގައި ބިރުން 40 މިނެޓް ވަންދެން

އިޒްރޭލުގެ ރައީސްގެ މަތިންދާބޯޓު ޕެރިހުގެ އެއާޕޯޓަށް ޖެއްސުމަށްފަހު، ބޯޓުން ފައިބައި ވަޑައިނުގެން 40 މިނެޓު ވަންދެން އިޒްރޭލުގެ ރައީސް ބޯޓުގައި  މަޑުކުރައްވައިފިއެވެ. އިޒްރޭލުގެ މަސްއޫލުވެރިން ޤައުމުން ބޭރަށް ދަތުރު ކުރައްވާއިރު، އެފަރާތްތަކަށް ދިމާވާ ސަލާމަތީ ނުތަނަވަސްކަން މި ހާދިސާއިން ދައްކައިދެއެވެ.

ރައީސް ޔިޓްސަގް ހެރްޒޮގް ބޯޓުން ފަބައިވަޑައި ނުގެން މަޑުކުރެއްވީ އޭނާގެ ހަށިފާރަވެރިންނަށް، ބޯޓާ ކައިރިއަށް އައި ސްޓާފުންގެ ތެރޭގައި އެއާޕޯޓުގެ މުވައްޒަފެއްކަން އަންގައިދޭ، ރީނދޫ ޖެކެޓް ލާފައި ނެތް މީހަކު ހުރިކަން ފާހަގަ ވެގެންނެވެ.

ޒަޔަނިސްޓުން ހިންގަމުން ގެންދާ ޤަތުލުޢާންމުގައި އިޒްރޭލު މަސްއޫލުވެރިންނާ ދެކޮޅަށް ބައިނަލްއަޤްވާމީ މައިދާނުގައި ނުރުހުންތައް އަމާޒުވެފައި ވެއެވެ.

ހުކުރު ދުވަހު ޕެރިހުގައި ފަށާ އޮލިމްޕިކަށްވެސް އިޒްރޭލު ވަފްދު ގޮސްފައިވަނީ އާދަޔާ ޚިލާފަށް ބޮޑެތި ރައްކާތެރި ފިޔަވަޅުތަކަކާ އެކުގައެވެ. ނަމަވެސް އެމީހުންނަށް ފުރައްސާރައާ ކުރިމަތިލާން ޖެހުމަކީ ޔަޤީންކަމެއް ކަމަށް މުރާސިލުން ބުނެއެވެ.

ހިއްސާ ކުރައްވާ!