7 އޮކްޓޯބަރަށް ފަހު އިލާހީ ޒާތުފުޅާ ކުއްތަންވި ޒުވާނުން

“އަހަރެންގެ ހަޔާތުގައި ފުރަތަމަ ނަމާދުކުރީ 7 އޮކްޓޯބަރުގެ ފަހުން. އަހަރެންނަށް، ސޫރަތުލްފާތިޙާ ހިތުދަހެއް ނޫން. އެކަމަކު އަހަރެން ނަމާދުކުރިން!  ޔޫޓިއުބް ހުޅުވައިގެން އެއިން ފެނުނު ޙަރަކާތަކަށް ޙަރަކާތެއް ނަކަލުކުރިން. ނަމާދުން، ހިތް ހަމަޖެހުމާއި ހިމޭންކަން އިޙުސާސްވާނެކަން މީހުންނަށް އިޙުސާސް ވާނެނަމައޭ، ހިތަށް އެރުން، އެއީ އަހަރެންގެ ފުރަތަމަ އިޙުސާސް!”

ހައިފާގެ ޒުވާނާ، ސަލްމާ އޭނާގެ ތަޖުރިބާ ކިޔައި ދިނެވެ. އޭނާ އުމުރުންވެސް ފުރަތަމަ ނަމާދު ކުރީ 7 އޮކްޓޯބަރުގެ 33 ދުވަސް ފަހުންނެވެ. އޭނާ ތަރުބިއްޔަތު ކޮށްފައިވަނީ އިސްލާމް ދީން މަތީގައެއް ނޫނެވެ! ގެއްލި ދިޔަ އަހަރުތަކުގެ އިޙުސާސް މިހާރު އޭނާއަށް ކުރެވެއެވެ.

 

“އަހަރެން ކުރިން ކުފުރުގެ ބަސްތައް ބުނެ ހެދިން!  އިލާހީ ޒާތުފުޅަށް ފުރައްސާރަ ކުރިން! 7 އޮކްޓޫބަރަށް ފަހު އަހަރެންގެ އަނގަ ބަންދު ވެއްޖެ. މަލާއިކަތުން (މުސްލިމުންގެ ސަފުގައި) ހަނގުރާމަ ކުރިތަން ފެނުމުން، އަހަރެންގެ ދުލުން ކުފުރުގެ ބަސްތައް ބުނުން ހުއްޓިއްޖެ. އިލާހުގެ ޤުދުރަތުގެ ޢަޖާއިބުތައް އަހުރެންނަށް ފެނިއްޖެ!”

ޕޮލިޓިކަލް ސައިންސާއި އަސްކަރީ ދިރާސާގެ ދާއިރާއިން ކިޔަވައި ހުޅަނުގެ ފަލްސަފާއިން ސިކުނޑި ވިނަވިވެފައިވާ ނަދީމުގެ ވިސްނުން މިހާރު ބަދަލު ވެއްޖެއެވެ. ކުރިން އޭނާ ޤަބޫލުކުރަމުން އައީ ނެޕޯލިއަން ބުނެފައިވާ ބޮޑުބަސް: “ﷲ ވޮޑިގެންވަނީ އެންމެ ބޮޑުބަޑި ގެންގުޅޭ މީހާއާއެކުގައި!” ކަމަށެވެ. ނަމަވެސް މިހާރު އޭނާ ޤަބޫކު ކުރަނީ: إِنَّ اللَّهَ مَعَ الصَّابِرِينَ އެވެ. 7 އޮކްޓޫބަރަށް ފަހު އެނގުނު އެއްޗަކީ، ދީނަށް އެނބުރި ދިއުން ނޫން ގޮތެއް ނެތް ކަމަށް ނަދީމު ބުންޏެވެ.

 

“ކުރިން އަހަރެން އަލްއަޙުޒާބު ސޫރަތަށް ނަފްރަތު ކުރީމު! އެ ސޫރަތުގައި ބަޔާންކުރައްވާފައިވާ އަންހެނުންގެ ޙުކުމްތައް އެއިރަކު ޤަބޫލެއް ނުކުރަން. ދެން އައީ 7 އޮކްޓޯބަރުގެ އަޤްޞާ ޠޫފާން. ދުނިޔެއިން އަހަރަމެން ނައްތާލަން އެއް ގަލަކަށް އެރީމަ އިޙުސާސް ކުރެވުނީ، ދުޝްމަނުންނާއި މުނާފިޤުން އަހަރެމެންނާ ދޭތެރޭ ދެކޭގޮތް އެންމެ ރަނގަޅަށް ބަޔާން ކޮށްދެއްވާފައި ވަނީ ހަމަ، އެސޫރަތުގައި ކަން!”

ވަފާ އަކީ ފަންނާނެކެވެ. އޭނާ ދިރިއުޅެނީ އޭނާގެ ފަންނަށް ޓަކައެވެ. ކުރިން އޭނާއަކީ އިލާހަކު ވޮޑިގެން ނުވާކަމަށް ޤަބޫލުކުރި މުލްޙިދާއެކެވެ. މިހާރު އިލާހީ އިރުޝާދުގެ ނިވަލުގައި، ނިވާކޮށްގެން ނިޤާބު އެޅުމުން އޭނާއަށް ހިތްހަމަޖެހުން ލިބިފައިވާ ކަމަށް ބުނެއެވެ.

 

“އަހަރެން މިހާރު ބޭނުން ވަނީ ޢާއިލާއެއް އެކުލަވާލަން. ކުދިން ހޯދަން ބޭނުން. އެކުދިންނަށް އަލިފު ބާ ދަސްކޮށްދޭން ބޭނުން ވަނީ، ސީނު: ސިލާޙު (ހަތިޔާރު) މީމު: މުޤާވަމާ (ކުރިމަތިލުން) މިފަދަ ބަސްތަކުން!”

ސަމީރަކީ ހުޅަނގުގެ ޝިއާރުތަކުގެ އަވައިގައި ޖެހި، އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރު ލިބިގެން އުޅުނު މީހެކެވެ. މުޅި ގައިގައި ޓެޓޫ ޖަހާފައި ވަނީ ހުޅަނގުގެ ކުރެހުންތެރިންގެ ފަންނުވެރިކަމުގެ ލައުޙާ ތަކުންނެވެ. ތައުބާގެ މަގު ދެއްކެވުމުން، ސަމީރުވެސް ވަނީ 7 އޮކްޓޫބަރަށް ފަހު ތެދުމަގު އިޚުތިޔާރު ކޮށްފައެވެ. (ތަރުޖަމާ: އަލްޖަޒީރާގެ ލިޔުމެއް)

 

ހިއްސާ ކުރައްވާ!