ވަގުތީ ސަރުކާރު ސައްހަ ވާނެ

ބަނގްލަދޭޝްގެ ބޮޑު ވަޒީރުގެ އިސްތިޢުފާއާއެކު ޕާލަމެންޓު އުވާލުމާ ގުޅިގެން ރައީސް ޝިހާބުއްދީން އަޙުމަދު ވަނީ، ބަންޑާރަ ނާއިބް މެދުވެރިކޮށް، ވަގުތީ ސަރުކާރެއް އެކުލަވާލުން ސައްޙަ ވާނެތޯ މަތީ ކޯޓުގައި އައްސަވާފައެވެ.

އެ ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ހުކުރު ދުވަހު ދީފައިވާ ރައުޔުގައި ވަނީ ވަގުތީ ސަރުކާރެއް އެކުލަވާލުން ސައްޙަ ވާނެ ކަމަށެވެ.

ޑރ. މުޙައްމަދު ޔޫނުސް އިސްކޮށް ހުންނަވައިގެން އެކުލަވާލާފައިވާ ސަރުކާރުން 90 ދުވަހުގެ ތެރޭގައި އިންތިޚާބެއް ބާއްވަން ޤާނޫނު ލާޒިމް ކުރެއެވެ.

 

ހިއްސާ ކުރައްވާ!