ދެބައިކުޅަ އެއްބައި މިނިސްޓްރީތައް ބަލަހައްޓަވާނީ ޑރ. ޔޫނުސް

އެންމެ ގިނަ މިނިސްޓްރީތަކާއި އިދާރާތައް ބަލަހައްޓަވާނީ، ޗީފް އެޑްވައިޒަރު ޑރ މުހައްމަދު ޔޫނުސް އެވެ. ޔޫނުސް ބަލަހައްޓަވާނީ، ކެބިނެޓް ޑިވިޝަން، ޑިފެންސް މިނިސްޓްރީ، އާމްޑް ފޯސަސް ޑިވިޝަން، އެޑިއުކޭޝަން މިނިސްޓްރީ، ރޯޑް ޓްރާންސްޕޯޓް އެންޑް ބްރިޖްސް މިނިސްޓްރީ، ފުޑް މިނިސްޓްރީ، ހައުސިން އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ، ލޭންޑް މިނިސްޓްރީ، ޓެކްސްޓައިލްސް އެންޑް ޖޫޓް މިނިސްޓްރީ، އެގްރިކަލްޗާ މިނިސްޓްރީ، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ، ރޭލްވޭސް މިނިސްޓްރީ އާއި ޕަބްލިކް އެޑްމިނިސްޓްރޭޝަން މިނިސްޓްރީ، ޕަވަރ، އެނާޖީ އެންޑް މިނަރަލް ރިސޯސަސް މިނިސްޓްރީ، ޝިޕިންގ މިނިސްޓްރީ، ވޯޓަރ ރިސޯސަސް މިނިސްޓްރީ، ވިމެން އެންޑް ޗިލްޑްރަން އެފެއާޒް މިނިސްޓްރީ، ޑިޒާސްޓަރ މެނޭޖްމަންޓް އެންޑް ރިލީފް މިނިސްޓްރީ، އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ މިނިސްޓްރީ، އެކްސްޕެޓްރިއޭޓްސް ވެލްފެއާ އެންޑް އޯވަސީސް އެމްޕްލޯއިމަންޓް މިނިސްޓްރީ، ކޮމާސް މިނިސްޓްރީ، ލޭބަރ އަދި އެމްޕްލޯއިމަންޓް މިނިސްޓްރީ، ކަލްޗަރަލް އެފެއާޒް މިނިސްޓްރީ، ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް މިނިސްޓްރީ، ލިބަރޭޝަން ވާރ އެފެއާޒް މިނިސްޓްރީ، ޗިޓަގޮންގް ހިލް ޓްރެކްޓްސް އެފެއާޒް މިނިސްޓްރީ، އަދި ޕްރައިމަރީ އެންޑް މާސް އެޑިއުކޭޝަން މިނިސްޓްރީ އެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީއާ ހަވާލުވެވަޑައިގަންނަވާނީ ޑރ ސަލާހުއްދީން އަހުމަދު؛

ޑރ އާސިފް ނަޒްރުލް ހަވާލުވެ ވަޑައިގަންނަވާނީ، ލޯ ޖަސްޓިސް އެންޑް ޕާލަމެންޓްރީ އެފެއާޒް މިނިސްޓްރީ؛

އަދީލުއްރަހުމާން ޚާން ހަވާލުވެ ވަޑައިގަންނަވާނީ، އިންޑަސްޓްރީސް މިނިސްޓްރީ އާއި

ޑރ. އޭއެފް ހަސަން އަރީފް ހަވާލުވެ ވަޑައިގަންނަވާނީ ލޯކަލް ގަވަރމަންޓް މިނިސްޓްރީ؛

މުޙައްމަދު ތައުޙީދު ހުސައިން ހަވާލުވެ ވަޑައިގަންނަވާނީ، ފޮރިން މިނިސްޓްރީ އާއި

ސައްޔިދާ ރިޟްވާނާ ހަސަން އެންވަޔަރަންމަންޓް މިނިސްޓްރީ އަދި ޑރ. ޝަރުމީން މުރުޝިދު ސޯޝަލް ވެލްފެއާ މިނިސްޓްރީ އާއި އަދި ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އެމް ސަޚާވަތު ހުސައިން ހޯމް މިނިސްޓްރީ އާއެވެ.

މީގެ އިތުރުން އޭއެފްއެމް ޚާލިދު ހުސައިން ރިލީޖިއަސް އެފެއާޒް މިނިސްޓްރީ ހިންގަވާނެއެވެ. އަދި ފަރީދާ އަޚްތަރު އަށް ފިޝަރީޒް އެންޑް ލައިވްސްޓޮކް މިނިސްޓްރީ އަދި ޑރ. ނޫރުޖަހާން ބޭގަމް އަށް ހެލްތު އެންޑް ފެމިލީ ވެލްފެއާ މިނިސްޓްރީ؛ އަދި މުހައްމަދު ނާހިދު އިސްލާމް އަށް ޕޯސްޓްސް، ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީ އެވެ. އަދި އާސިފް މަހުމޫދަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އެވެ.

އަދި އިތުރު ތިން އެޑްވައިޒަރުން ކަމަށްވާ ސުޕްރަދީޕް ޗަކްމާއާއި ފާރޫގު-އޭ-އަޢުޒަމް އަދި ޑރ ބިދާން ރަންޖަން ރޯއީ ޕޮއްޑާރ އަށް ވަނީ ޑާކާއިން ބޭރުގައި ތިއްބެވުމުން ހުވައި ކުރެއްވޭ ގޮތް ނުވެފައެވެ.

 

ހިއްސާ ކުރައްވާ!