ޓެންޒޭނިއާގެ ރައީސް ސާމިޔާ ހަސަން އިދިކޮޅު ފަރާތްތައް ޖަލަށް ލާން ފަށައިފި

ޓެންޒޭނިއާގެ ފުލުހުން ވަނީ އެޤައުމުގެ މަޝްހޫރު އިދިކޮޅު ސިޔާސީ ބޭފުޅެއް ކަމަށްވާ ޓުންޑޫ ލިސޫ އާއި އިދިކޮޅު އެހެން ދެ މަސްއޫލުވެރިއަކު ހައްޔަރުކޮށްފައެވެ. އިދިކޮޅު ޗެޑްމާ ޕާޓީގެ ބޭފުޅުން ހައްޔަރު ކޮށްފައި ވަނީ ދުނިޔޭގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ރާވާފައިވާ އެއްވުމުގެ ކުރިން ނެވެ.

ޓެންޒޭނިއާގެ މީޑިއާ ބުނާ ގޮތުން، އެ ތިން ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ރައީސް ސާމިޔާ ހަސަން އިދިކޮޅު ފަރާތްތަކުގެ އެއްވުންތަކަށް ލުޔެއް ދެއްވައި، އެއްވެ އުޅުން މަނާކޮށްފައި ބޭއްވުން ނިމުމަކަށް ގެންނަވައި، ވާދަވެރި ސިޔާސީ ފަރާތްތައް އަލުން އާލާ ކުރެއްވުމަށް ފުރުޞަތު ދެއްވާނެ ކަމަށް ވަޢުދުވެ ވަޑައިގަތްތާ އަހަރެއްހާ ދުވަސް ފަހުންނެވެ.

ހުކުރު ދުވަހު ފުލުހުން ޗަޑޭމާ ގެ ލީޑަރުންނަށް ހުރަސް އަޅައި އެފަރާތްތަކުގެ ޖަލްސާ ބޭއްވުން މަނާކޮށްފައި ވަނީ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުގައެވެ. ސާމިޔާ ސުލޫ ހަސަނަކީ ޓެންޒޭނިއާގެ ފުރަތަމަ އަންހެން ރައީސާއެވެ.

ހިއްސާ ކުރައްވާ!