ޔަހޫދުން ގަބުރުތައް އުފުލުގައި މިއަދު އުޅެނީ ވަރަށް ބުރަކޮށް

ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޢިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްގެ ހަނގުރާމަވެރިން ދީފައިވާ ޙަމަލަތަކުން މިއަދު ޔަހޫދު ސިފައިން ވަރަށް ބުރަކޮށް ގަބުރުތައް އުފުލުމުގެ މަސައްކަތުގައި ހަރަކާތްތެރި ވެއްޖެއެވެ.

ޢިއްޒުއްދީން އަލްޤައްސާމުން މިއަދު ވެސް ރަފަޙައަށާއި ޣައްޒާގެ ޙައްޔުއްޒައިތޫނަށް ޙަމަލަތައް ދީފައި ވެއެވެ. ޔަހޫދީ ޒަޔަނިސްޓުންނާ ގާތުން ޙަމަލަތައް ޤައްސާމުން ބަދަލުކޮށްފައިޥާ ކަމަށާއި ނަތީޖާއެއްގެ ގޮތުން ޔަހޫދުންގެ ޒަޚަމްވެފައިވާ މީހުންނާއި ނަރަކަވެރިން ހެލިކޮޕްޓަރުތަކުގައި އުފުލަމުން ދިޔަކަމަށް ޙަމާސްގެ ޓެލެގްރާމް ޗެނަލްގައި ބުނެފައި ވެއެވެ.

ޔަހޫދުން ތެދެއް ނުހަދާއެނެއެވެ. އެހެންނަމަވެސް ޒަޔަނިސްޓުން ބުނެފައި ވަނީ، 10 އާއި 15 އާ ދެމެދުގެ ޔަހޫދު ސިފައިން ޣައްޒާއިން ހަސްފަތާލުތަކަށް އުފުލާފައިވާ ކަމަށެވެ. އަދި ބިއުރުއްސަބްޢައާއި ތެލްއަވީވްއާއި ހިފާފައިވާ ޤުދުސްގެ ހަސްފަތާލްތަކަށް 5 ހެލިކޮޕްޓަރުގައި ޔަހޫދުންގެ ސިފައިން އުފުލި ކަމަށެވެ. ޒަޔަނިސްޓުންގެ މީޑިއާއިން ބުނެފައި ވަނީ، ޔަހޫދުންގެ 3 ސިފައިން ސީދާ ނަރަކަށް ފޮނުވާފައިޥާ ކަމަށާއި އިތުރު 6 މީހަކަށް ބޮޑެތި ޒަޚަމްތަކެއް ދީފައިވާ ކަމަށެވެ.

ހިއްސާ ކުރައްވާ!