ޔަހޫދުން ދަނީ ޖެނިން ރެފިއުޖީ ކެމްޕް ތަޅައި ސުންނާފަތި ކުރަމުން

ޔަހޫދުން ވަނީ ޣައްޒާގައި ޢަމަލު ކުރިގޮތަށް، ހުޅަނގު އައްސޭރީގައި ތަންތަން ހަލާކުކޮށް ސުންނާފަތި ކުރަން ފަށާފައެވެ. ޖެނިން ރެފިއުޖީ ކެމްޕް ވަށާލައިގެން، ޔަހޫދުން ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ކާނާއާއި ފެނާއި ކަރަންޓާއި އިންޓަނެޓް ކަނޑާލާފައެވެ. އުނަރުވާއިން ވަނީ ޔަހޫދުން ޖެނިންގައި އިމާރާތްތައް ސުންނާފަތި ކުރަމުންދިއުން ކުށްވެރިކޮށްފައެވެ.

ޖެނިންގެ 70 ޕަސެންޓް ވަނީ އެއްކޮށް ސުންނާފަތިކޮށްފައި ކަމަށް އދން ބުނެއެވެ.

ޣައްޒާގައިވެސް ޕޯލިއޯ ވެކްސިން ދިނުމުގެ މަސައްކަތް ފެށިފައިވާއިރުވެސް ޔަހޫދުން ދަނީ، ޣައްޒާއަށް ޙަމަލަތައް އަމާޒު ކުރަމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި 61 މީހުން ޝަހީދުކޮށްފައި ވެއެވެ.

އަނެއްކޮޅުން ހިފާފައިވާ ފަލަސްޠީނުގައި ވެރިކަން ކުރާ ނަތަންޔާހޫއާ ދެކޮޅަށް މީހުން ދަނީ މުޒާހަރާ ކުރަމުންނެވެ. އެމީހުން މުޒާހަރާ ކުރަނީ، ހިފާފައިވާ ފަލަސްޠީނުގެ ބިންތަކަށް އަތްގަދަކޮށްގެން އުޅޭ ޔަހޫދީންގެ ތެރޭން ހަމާސްގެ އަތުގައި ޖެހުނު މީހުން، މިނިވަން ކުރުމަށް ނަތަންޔާހޫ މަސައްކަތް ނުކުރާ ކަމަށް ބުނެއެވެ.

ޔަހޫދުން ބުނެފައި ވަނީ، ސިފައިންގެ ބަޔަކު ވަނީ، ރަފަޙުގެ ޓަނަލްގައި އިޒްރޭލުގެ އަސީރުން ގެ ތެރޭން 6 މީހެއްގެ ގަބުރު ހޯދާފައެވެ.

އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ދެމުންދާ ހަމަލަތަކުގައި 40،738 މީހުން ޝަހީދުކޮށްފައި ވެއެވެ. އަދި 94،154 މީހުން ޒަޚަމް ކޮށްފައި ވެއެވެ. 70 އަހަރު ވަންދެން ޔަހޫދުން ފަލަސްޠީނުގެ ބިންތައް ހިފައިގެން، ވޭންދެނިވި ކެކުޅުންތަކުގައި ފަލަސްޠީނު މީހުން ގެންދަމުން ދަނިކޮށް ޙަމާސްއިން ވަނީ 7 އޮކްޓޫބަރުގައި، ޔަހޫދުންނަކީވެސް ބިރުގަންނަވައި ބަލިކޮށްލެވޭނެ ބަޔެއްކަން ސާބިތުކޮށްދީފައެވެ.

މިހާތަނަށް ޔަހޫދުންގެ 1،139 މީހުން ހަމާސްއިން ވަނީ ނައްތާލާފައެވެ.

ހިއްސާ ކުރައްވާ!