އެމެރިކާގެ ޑްރޯންތަކުގެ ފެންވަރު ދަށްކަމުން ހޫސީންނަށް ޝިކާރަކޮށްލަން ފަސޭހަ

އެމެރިކާ އިން އުފައްދާފައިވާ ޑްރޯންތަކުގެ ފެންވަރު ދަށްކަމުން ޔަމަނުގެ ހަނގުރާމަވެރިން ފަސޭހަކަމާއެކު އެތަކެތި ޝިކާރަކޮށްލައެވެ. އަންޞާރުﷲގެ ތަރުޖަމާން ޔަޙުޔާ ސަރީޢު ވިދާޅުވިގޮތުގައި ޙޫސީ ހަނގުރާމަވެރިން ވަނީ، އެމްކިޔު-9 މަރުކާގެ އައު ޑްރޯނެއް ޝިކާރަކޮށްފައެވެ. މިއީ ހޫސީންނަށް ޑްރޯން ބޭނުންކޮށްގެން އެމެރިކާއިން ނުހޮރޮއްޕާން ކުރަމުން ދިއުމާ ގުޅިގެން މިހާތަނަށް ޝިކާރަ ކުރި 9 ވަނަ ޑްރޯނެވެ.

އަންސާރު الله އިން ބުނިގޮތުގައި އެމެރިކާ އިން އުފައްދާފައިވާ ފެންވަރު ދަށް ޑްރޯން ވެއްޓުނީ މެދުތެރޭގައި އޮންނަ މައުރިބަށެވެ.

ޔަޙުޔާ ސަރީޢު ވިދާޅުވީ ފަލަސްޠީނުގެ އަޚުންނާއި އުޚުތުންގެ ދިފާޢުގައި އަންޞާރުﷲއިން އެމީހުންގެ ވާޖިބުތައް އަދާކުރަމުން ދާނެ ކަމަށާއި އެމެރިކާގެ ތާއީދާއެކު ޔަހޫދިން ހިންގާ ފަނާކުރަނިވި ހަމަލަތަކާ ކުރިމަތިލާ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދު ދެމުންދާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!