ޔަހޫދުން ވަނީ ގިނަ އަދަދަކަށް މުދައްރިސުން ޝަހީދުކޮށްފައިި

ޔަހޫދުން ޣައްޒާއަށް ދިން ޙަމަލާތަކުގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ 750 އަށް ވުރެ ގިނަ މުވައްޒަފުން ޝަހީދުކޮށްފައިވާ ކަމަށް ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީން ދިރާސީ އަހަރު ފެށުނު އިރު ނެރުނު އަޕްޑޭޓް ބަޔާންގައި ބުނެފި އެވެ. އެ ބަޔާންގައި އިތުރަށް ބުނެފައިވަނީ އޮގަސްޓް މަސް ނިމުނުއިރު ފަލަސްތީނުގައި ސްކޫލަށްދާ ޢުމުރުގެ 11،500 އަށް ވުރެ ގިނަ ކުދިން ޝަހީދުކޮށްފައިވާ  ކަމަށެވެ. އަދި އިތުރު ދިހަހާސް ދަރިވަރުން އެކިވަރުވަރުގެ އަނިޔާތަކުގައި ނުކުޅައްދާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނާ ގޮތުގައި ޔަހޫދު ސިފައިން ގަސްތުގައި އެތައް ސްކޫލު އިމާރާތަކަށް ވެސް އަމާޒުކޮށްފައި ވުމުން، ތަޢުލީމީ އިންފްރާސްޓްރަކްޗަރގެ 92 ޕަސެންޓް އިމާރާތްތައް ވަނީ ސުންނާފަތިކޮށްލާފައެވެ.

ހިއްސާ ކުރައްވާ!