އެހީ ދިނުމުގައި އެމެރިކާއިން މިސްރުގެ އިންސާނީ ޙައްޤުގެ ހާލަތަށް ނުބަލާނެ

މިދުވަސްކޮޅު އެމެރިކާއާއި އިޒްރޭލަށް މެދުއިރުމަތީގައި މިސްރުގެ ރައީސް އަބްދުލް ފައްތާޙުއްސީސީއާ ނުލައި ނޫޅެވޭނެތީ މިސްރުގެ އިންސާނީ ޙައްޤާ ބެހޭ ގޮތުން ނުވިސްނުމަށް އެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޔތޮނީ ބްލިންކެން ވިދާޅުވީ، މިސްރުގެ ރައީސަކީ ޣައްޒާގެ މައްސަލައާ ހެދި މުހިންމު ބޭފުޅެއް ކަމަށެވެ. އެހެންވެ، މިސްރަށް އެމެރިކާއިން ކެމްޕް ޑޭވިޑް މުޢާހަދާގެ ދަށުން ދޭން ޖެހޭ، ފައިސާ އެއްކޮށް ދޭން ނިންމައިފައިވާ ކަމަށެވެ. އިންސާނީ ހައްޤުގެ ޙާލަތު ރަނގަޅު ކުރުމަށް ޝަރުތު ކުރުމަކާ ނުލައި، މިސްރަށް 1.3 ބިލިއަން ޑޮލަރު ދިނުމަށް އެމެރިކާއިން ނިންމާފައިވާ ކަމަށް ޚާރިޖީ ވަޒިރު ބްލިންކެން ވިދާޅުވެއެވެ.

ހިއްސާ ކުރައްވާ!