ރަޝިއާގެ ފުނަށް މިސައިލް ޙަމަލަ ދޭން ހުޅަނގުން ފަސްޖެހޭ

ޔޫކްރޭނަށް ހުޅަނގުން ފޯރުކޮށްދޭ ދުރު ރާސްތާގެ މިސައިލްތައް ރަޝިޔާއަށް ފޮނުވުމަށް ނިންމި ނިންމުން ލަސްކުރުމަށް އިނގިރޭސި ބޮޑުވަޒީރު ކިއޭ ސްޓާމަރ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން އެއްބަސްވެ ވަޑައިގެންފިއެވެ.

އެވެ. ހުޅަނގުން ކުރިން ބުނެފައި ވަނީ ރަޝިޔާގެ ފުނަށް މިސައިލް ހަމަލަތައް ދިނުމަށް ޔުކްރެއިންއަށް މިސައިލް ދޭނެ ކަމަށާއި އެކަމަށާއި އެކަމަށް ހުރަސް ނާޅާނެ ކަމަށެވެ. ނޭޓޯއިން ޔުކްރެއިންގައި ހިންގާ ޕްރޮކްސީ ހަނގުރާމައަށް އިޝާރާތް ކުރައްވަމުން ރަޝިޔާ ލީޑަރު ވިދާޅުވީ، އެފަދަ ހަމަލައެއް ދީފިނަމަ ނޭޓޯއިން ސީދާ ހަނގުރމައިގެ ތެރެއަށް ވަނީ ކަމަށް މޮސްކޯއިން ބަލާނެ ކަމަށެވެ.

ރަޝިޔާއިން ދަނީ ޔުކްރެއިންގެ 20 ޕސެންޓް ބިން ހިފާފައެވެ.

އެކުވެރި ޢަރަބި އިމާރާތުން މެދުވެރިވެގެން ހިންގާ އަސީރުން ބަދަލުކުރުމަށް ކުރި މަސައްކަތުގައި މޮސްކޯ އާއި ކިއެވް އިން ވަނީ ކޮންމެ ގައުމަކުން 103 އަސީރުން ބަދަލުކޮށްފަ އެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ ވިދާޅުވީ ބައިޑަންއާ އެކު “ޔުކްރެއިންގެ ސްޓްރެޓެޖީއާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ” ކުރި ނަމަވެސް އެއީ “ވަކި ކަމަކަށް ހިތްވަރު ދިނުމާ ބެހޭ ބައްދަލުވުމެއް ނޫން” ކަމަށެވެ.

މި ބައްދަލުވުމުގެ ކުރިން އޮފިޝަލުން ބުނެފައި ވަނީ ހަނގުރާމައިގެ މައިދާނުގެ ހާލަތާ މެދު އެކުވެރި ޤައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިއުމުގެ ސަބަބުން ރަޝިޔާގެ އެތެރޭގެ ފުނަށް ޙަމަލަ ދިނުމަށް އިނގިރޭސި ސްޓޯމް ޝެޑޯ މިސައިލްތައް ޔޫކްރޭނަށް ފޮނުވުމަށް އެމެރިކާއިން އިނގިރޭސިންނަށް ތާއީދު ކުރާނެ ކަމަށެވެ.

ފަހުން، ލޭބަރ ޕާޓީގެ ލީޑަރު ވިދާޅުވީ އޭނާ އާއި ބައިޑަން މި ޕްލޭނާ ބެހޭ ގޮތުން ދެން މަޝްވަރާ ކުރައްވާނީ ދެން އދގެ ޢާންމު ޖަލްސާއަށް ފަހުގައެވެ. ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ބައިޑަން ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ދެއްވި އިންޒާރު ބޮލާލައި ޖައްސަވާފައެވެ.

އެމެރިކާއިން އުފައްދާފައިވާ ދުރު ރާސްތާއަށް ދަތުރުކުރާ އޭޓީއޭސީއެމްއެސް މިސައިލްތައް ޔުކްރެއިން ރަޝިޔާއާގެ އެތެރެއަށް ހަމަލަ ދިނުމަށް ހުއްދައަށް އެދުމުން ބައިޑަން ވަނީ އެކަމަށް ފަސްޖެހިވަޑައިގެންފައެވެ.

ހިއްސާ ކުރައްވާ!