މާލެއިން ތައިލެންޑްގެ ބެންކޮކަށް ދާ ދަތުރުގެ ދިގުމިނަކީ 4 ގަޑި އިރެވެ. މިއީ ގާތްގަނޑަކަށް 1200 މޭލެވެ. މިއަދު ޔަމަނުގެ އަންޞާރުﷲ ޖަމާޢަތުން ޔަހޫދުން ހިފައިގެން ތިބި ފަލަސްޠީނުގެ ޓެލްއަވީވަށް ފޮނުވާލި މިސައިލް ހަމަލާ ވަނީ 1200 މޭލަށް ދަތުރުކޮށްފައެވެ. މި ސައިލަކީ އަޑަށް ވުރެން ބާރަށް ދަތުރު ކުރާ މިސައިލެއް ކަމުން އެ މިސައިލް މި ރާސްތާ ކަޑައްތު ކުރީ 11.5 މިނެޓްގެ ތެރޭގައެވެ.
މިސައިލް ޙަމަލާއަކީ ފުރަތަމަ ފަހަރަށް ޔަމަނުން ޔަހޫދުންގެ ވަޒަންތަކުގެ ފުނަށް މިސައިލް ފޮނުވާލި ފަހަރެވެ. އިޒްރޭލަށް ފޮނުވާލި ހަމަލާގައި 3 ލައްކައާ ކައިރި ކުރާ އަދަދެއްގެ ޔަހޫދުން، ބިންގަރާހަށް ފިލަން ވަނުމަށް މަޖުބޫރު ކުރިއެވެ. އަދި އިތުރު އެތައް ހާސް މީހަކު ވަނީ އެއްކޮޅު ޓިކެޓާއެކު ޖާނާއިގެން ސަލާމަތްވާން ހިފާފައިވާ ފަލަސްޠީނުގެ ބިމުން ބޭރުވެފައެވެ.
މިސައިލް ވެއްޓިފައި ވަނީ ޓެލް އަވީވްގެ ހިސާބަކަށެވެ. މިސްމީޑިއާގައި ވަނީ އެ މިސައިލުން އަނދައިގެން ދިޔަ ތަންތަނުގެ މަންޒަރުތައް ދައްކާލާފައެވެ. ނަމަވެސް ދޮގު ހަދަމުން އިޒްރޭލުން ބުނެފައި ވަނީ ވައިގެ ތެރޭގައި މިސައިލް ގޮވައިގެން ބޮޑު ގެއްލުމެއް ނުވާ ކަމަށެވެ. އެތައް ބަޔަކަށް ކުދި އަނިޔާތަކެއް ވިކަމަށްވެސް ޔަހޫދުންގެ މީޑިއާއިން ރިޕޯޓުކޮށްފައި ވެއެވެ.
އިޒްރޭލުން ވަރު ވަރުގެ ވައިގެ ދިފާޢީ ނިޒާމުތައް ގެންގުޅެއެވެ. އެއިން އެއްވެސް ނިޒާމަކުން މި ސައިލް އިޒްރޭލުގެ އެތެރެއަށް ވަދެގެން ދިޔައިރުވެސް ހޯދައެއް ނުގަނެވުނެވެ.