ޗައިނާގެ މުދަލުގެ އަގުހެޔޮކަމުން ޝަކުވާ ކުރުމަށް އެމެރިކާގެ ވަފްދެއް ޗައިނާއަށް ހިނގައްޖެއެވެ. މި ވަފްދުން ޗައިނާއާއެކު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ، ޗައިނާގެ މުދާ އަގުހެޔޮ ވުމުގެ ސަބަބުން އެމެރިކާއަށް ވާދަ ކުރަން އުދަނގޫވުމާއި އެމެރިކާގެ އުފެއްދުންތަކަށް ފުރުޞަތު ކުޑަވުމާއި އެމެރިކާގެ ވަޒީފާ އަދާކުރާ މީހުންގެ ވަޒީފާ ގެއްލޭ މައްސަލައާ ބެހޭ ގޮތުންނެވެ.
މި ވަފްދުގެ އިސްވެރިއަކަށް ހުންނަވާނީ އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓްގެ އަންޑަރ ސެކްރެޓަރީ ޖޭ ޝަންބޯގްއެވެ.
މިއީ އެމެރިކާއަށް ޗައިނާގެ މުދަލާ ހެދި ވާދަކުރަން ދަތިވާ ހާލު މަޝްވަރާކުރުމަށް ދެ ޤައުމުން އެއްބަސްވެފައިވާ އުސޫލުގެ ތެރޭން ބާއްވާ މަޝްވަރާއެކެވެ. މިފަދަ އެންމެ ފަހު މަޝްވަރާތައް ބާއްވާފައި ވަނީ އެޕްރީލް މަސް ތެރޭގައެވެ. އެ މަޝްވަރާގައި އިސްކޮށް ހުންނެވީ އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީއެވެ.
އެމެރިކާގެ ޝަކުވާ އަކީ ޗައިނާގެ އުފެއްދުންތަކާއި ޗައިނާގެ ފެކްޓްރީތައް ދުނިޔޭގެ އެންމެނަށް ފުދިގެން އިތުރުވާ ވަރަށްވުރެން އިތުރަށް އުފެއްދުމެވެ. އަދި ޗައިނާއިން އުފެއްދުންތައް މަޑު ޖައްސާލަން ޖެހޭ ކަމަށާއި ދުނިޔެއަށް ޗައިނާގެ އުފެއްދުންތައް ބަލައިގަތުން އުދަގޫވާހިސާބަށް އުފެއްދުންތައް އަދަދުގެ ގޮތުން އިތުރުވެފައި އަގުގެ ގޮތުން ހެޔޮވެފައި ވާކަމަށެވެ.
އެމރިކާއިން ދަނީ މެދުކެނޑުމެއް ނެތް ވިޔަފާރި ހަނގުރާމައެއްގައި ޗައިނާއަށް ފިއްތަމުންނެވެ.