އިޒްރޭލުގެ ޓެރަިރސްޓް ހަމަލަތަކަށް ފަހު މަތިންދާބޯޓަށް ޕޭޖަރު އެރުވުން މަނާ

އިޒްރޭލުން ދިން ސައިބާ ޓެރަރިސްޓް ހަމަލައަށް ފަހު ލުބުނާނުން މަތިންދާބޯޓުތަކަށް ޕޭޖަރު އެރުވުން މަނާ ކޮށްފިއެވެ. ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެއިރޫތަށް ދަތުރުކުރާ ފްލައިޓްތަކުގައި ޕޭޖަރ އާއި ވޯކީ ޓޯކީ މިއަދުން ފެށިގެން ބޭނުންކުރުން މަނާކޮށްފި އެވެ.

އިޒްރޭލުން ވަނީ އަންގާރަ ދުވަހާއި ބުދަ ދުވަހު ލުބުނާނުގައި ޕޭޖަރާއި ވޯކީޓޯކީއާއި ސޯލާޕެނަލްތަކާއި އެޓެންޑެންސް ސިސްޓަމްތައް ގޮއްވައި ޓެރަރިސްޓް ހަމަލައެއް ދީފައެވެ. އިޒްރޭލުގެ ޓެރަރިސްޓް ޙަމަލާގައި 37 މީހުން މަރުވެ 3،000 އެއްހާ މީހުން ޒަޚަމްވެފައި ވެއެވެ.

ހިއްސާ ކުރައްވާ!