ރަޝިޔާގެ އެންމެ ބޮޑު އޮންލައިން ރީޓެއިލާ ވައިލްޑްބެރީސްގެ ފައުންޑަރ އަދި ޗީފް އެގްޒެކެޓިވް ޓާޓިއާނާ ބަކަލްޗުކް އޭނާގެ ނަން ބަދަލު ކުރުމަށް ނިންމައިފިއެވެ. ޓަޓިއާނާ އެނިންމުން ނިންމީ، ފިރިމީހާ ވްލަޑިސްލާވް ބަކަލްޗުކްއާ އެކު މިދިޔަ ހަފްތާގައި ހިނގި މައްސަލައަކާ ގުޅިގެން ފުރާނައަށް ނުރައްކާ ނުކަރިވި، ބަޑީގެ ހަމަލައާއަކަށް ފަހުއެވެ.
ވައިލްޑްބެރީސް އަކީ 2004 ވަނަ އަހަރު ބަކަލްޗުކްގެ އާއިލާއިން ގުޅިގެން އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގެ ސީއީއޯގެ މަގާމު އަދާކުރަމުން އައިސްފައި ވަނީ، ކުރީގެ އިނގިރޭސި ޓީޗަރު އަދި ހަތް ކުދިންގެ މަންމަ ކަމަށްވާ ޓަޓިއާނާ އެވެ. ފޯބްސް އިން އަންދާޒާކޮށްފައިވާ ގޮތުގައި ޓާޓިއާނާ ބަކަލްޗުކްގެ އަމިއްލަ މުއްސަނދިކަން 7.9 ބިލިއަން ޑޮލަރަށް އަރައެވެ.
އޭނާ އަކީ ރަޝިޔާގެ އެންމެ މުއްސަނދި އަންހެންމީހާގެ އިތުރުން ރަޝިޔާގެ މުއްސަނދިންގެ ލިސސްޓްގައި 22 ވަނައަށް އެންމެ މުއްސަނދި މީހާ އެވެ. ވައިލްޑްބެރީސްގެ 99 ފަސެންޓް ހިއްސާ އޭނާގެ ވެރިފަރާތަކީ އޭނާއެވެ.
މަސްތަކެއް ވަންދެން މި ދެމަފިރިން ވަނީ އިޝްތިހާރު ކުރާ ކުންފުންޏަކާއެކު ހެދި އެއްބަސްވުމެއްގެ ސަބަބުން ވިޔަފާރި ދެބަސްވުމެއްގައި ކޯޅެން ފަށާފައެވެ. އެއަށްފަހު ޖުލައި މަހު ޓަޓިޔާނާ ވަނީ ވަރިވާނެ ކަމުގެ އިންޒާރު ދީފައެވެ.
މިހާރު ޓަޓިޔާނާ ނަން ބަދަލު ކުރުމަށް ނިންމީ މިދިޔަ ހަފްތާގައި އީ-ކޮމާސް ކުންފުނީގެ މޮސްކޯގެ މައި މަރުކަޒުގެ ދޮރުމަތީގައި ބަޑީގެ ހަމަލައެއްދީ ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވުމާ ގުޅިގެންނެވެ. ޓަޓިޔާނާ ތުހުމަތު ކުރަނީ، ބުދަ ދުވަހުގެ ހަމަލާއަކީ ކުންފުނީގެ %1 ހިއްސާ އޮންނަ އޭނާގެ ފިރިމީހާ އިސްކޮށް ހުރެގެން އޮފީސް އިމާރާތް ކޮންޓްރޯލު ކުރުމަށް ދިން ޙަމަލާއެއް ކަމަށެވެ.