ޙަސަން ނަޞްރަﷲ ޝަހީދުކޮށްލައިފި

ޙަސަން ނަޞްރަﷲ ޝަހީދުކޮށްލައިފި ކަމަށް ޙިޒްބުﷲ އިން ކަށަވަރުކޮށްދީފި!

އިރާޤުން ތިން ދުވަހަށް ހިތާމަ ފާޚޅު ކުރާނެ.: އިރާގް ސަރުކާރު

ލުބުނާންގެ ކްރިސްޓިއަން އޭރިއާއާ މުސްލިމު އޭރިއާ ދެމެދު ސިފައިން ޓޭންކު ބަހައްޓައިގެން ފޯރި މަރަށް ފަށައިފި


އެމެރިކާއިން ދީފައިވާ މަތިންދާބޯޓާއި އެމެރިކާގެ މިސައިލް ބޭނުންކޮށްގެން ލުބުނާނަށް ޒަޔަނިސްޓުން ދިން ޓެރަރިސްޓް ޙަމަލާ.


އިމާމް ޢަލީ ޚާމަނާއީގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ލުބުނާންގައި އިޒްރޭލުން ސާބިތުކޮށްދީފައި ވަނީ ޒަހުޔޫނީ މޮޔަ ކުއްތާ އަބަދުވެސް ގެންގުޅޭ މޮޔަ ސިޔާސަތުތައް ކަމަށެވެ. އަދި ޒަހުޔޫނީންނަށް ކުރިންވެސް ހިނގާފައިވާ ކަންތައްތަކުން އިބްރަތެއް ހާސިލު ކުރެވިފައި ނުވާ ކަމަށާއި ހަނގުރާމަވެރި ޖަމާޢަތްތަކުން ސަހުޔޫނީންނަށް ރަނގަޅު ފިލާވަޅެއް ދަސްކޮށްދޭނެ ކަމަށެވެ.

އިޒްރޭލަކީ ލުބުނާންގެ ޙިޒުބުﷲއަށް ގޯނ ާކުރެވޭ ވަރަށް ވުރެން މާ ޒަލީލު ބައެއް. އިމާމް ޢަލީ ޚާމަނާއީ

އިޒްރޭލުގެ ކުޑަ ކަކޫ މައްޗަށް ތިރިކޮށް ލުބުނާނުން ފައްސާލީ ޙިޒުބުﷲ އިން: އިމާމް ޢަލީ ޚާމަނާއީ.


15:23

ހިފާފައިވާ ހުޅަނގު އައްސޭރީގެ ސަރަހައްދުގައި ފޯރި މެރުމަށް އިޒްރޭލުން ރިޒާވް ފޯސްގެ 3 ބެޓެލިއަން ޚިދުމަތަށް ނެރެފިއެވެ.


ބެއިރޫތަށް އިޒްރޭލުން ބޮން އަޅަމުން ދިއުމާ ގުޅިގެން އާންމުން ވަނީ މަގުތަކާއި މައިދާންތަކަށް ނިކުމެ ބަޑަހަ ޖަހާފައެވެ.

15:19

ލުބުނާންގެ ވައިގެ ސަރަހައްދަށް އީރާނުގެ މަތިންދާބޯޓެއް ވަންނަން އުޅުމުން ލުބުނާނުން އެކަމަށް ހުރަސް އަލައިފިއެވެ. އިޒްރޭލުން ވނީ އީރާނުގެ މަތިންދާބޯޓު ލުބުނާނަށް ވަދެއްޖެނަމަ ބަދަލު ހިފާނެ ކަމަށް ބުނެފައވެެ. އިޒްރޭލުގެ އިންޒާރާ ގުޅިގެން ލުބުނާންގެ އެއާޓްރެފިކް ކޮންޓްރޯލުން ވަނީ އީރާންގެ ބޯޓަށް ލުބުނާންގެ ވައިގެ ސަރަހައްދަށް ވަނުން މަނާކޮށްފައެވެ.


15:14

ޙިޒުބުﷲ އިން ވަނީ އިޒްރޭލުން ހިފާފައިވާ ޙައިފާއަށްވެސް ރޮކެޓް ޙަމަލަތައް ދީފައެވެ.


15:11

ޙިޒުބުﷲ އިން ޙަމަލަ ދިން ތަންތަނަކީ ހިފާފައިވާ ސަފަދް ސިޓީ އަދި ކިރިޔާތި އަތާ އަދި އިލާނިއާ އެވެ.

އިޒްރޭލުން ވަނީ ނަހާރިޔާ ސިޓީގައި ސައިރަން ގޮއްވަން ފަށާފައެވެ.


ޔަހޫދީން ލުބުނާނަށް ދިން ޓެރަރިސްޓް ހަމަލައަށް ބަދަލު ހިފުމަށް ޙިޒުބުﷲ އިން ޔަހޫދީ އާބާދީތަކަށް ރޮކެޓްތައް އޮއްސާލައިފި.

އަލްމަނާރު ޓީވީން ބުނަނީ ހިޒްބުالله މިލިޓަރީ މީޑިއާއިން ވަނީ ޖެހިޖެހިގެން އެތައް ބަޔާނެއް ނެރެ، ހަމަލަތަކުގެ މަޢުލޫމާތު ދީފައިވާ ކަމަށެވެ. އަލްމަނާރަކީ ޙިޒުބުﷲގެ ޓީވީ ސްޓޭޝަނެވެ.

ޙިޒްބުﷲ އިން ބޮން އަޅާފައި ވަނީ ކަބްރީ އާބާދީއަށެވެ.

އެއަށްފަހު އެހެން ބަޔާނެއްގައި ބުނެފައި ވަނީ ރަމާތު ޑޭވިޑްގެ ސިފައިންގެ މަރުކަޒާއި އެއާޕޯޓަށް ބޮން އަޅާފައިވާނެ ކަމަށެވެ.

ދެ ތަނަށް ވެސް ހަމަލަ ދީފައި ވަނީ ފާދީ ސިލްސިލާގެ ރޮކެޓްތަކުންނެވެ. ފާދީ1 ބޭނުން ކޮށްފައި ވަނީ ކަބްރީ ގައެވެ. އަދި ރަމާތުގައި ބޭނުން ކޮށްފައި ވަނީ ފާދީ 3އެވެ.


 

ހިއްސާ ކުރައްވާ!