އިޒްރޭލަކީ ފަލަސްޠީނު މީހުންގެ ގުނަވަން ވަގަށް ނަގައިގެން ގުނަވަނުގެ ވަގުފާރި ކުރާ ޤައުމެއް

ފަލަސްތީނު މީހުން އަޅުވެތި ކުރުމަށް ޔަހޫދުން ކުރަމުންދާ މަސައްކަތް ގިނަ ފަހަރަށް ފެންނަނީ އަސްކަރީ އުދުވާނީ ނަޒަކުންނެވެ. ނަމަވެސް އިޒްރޭލުގެ އުދުވާނަކީ އަސްކަރީ ހަމަލަތަކާ ޚިލާފަށް އޭގައި އެހެން ކަންތައްތަކެއްވެސް ހިމެނޭ ކަމެކެވެ. އެއިން އެއް ކަމަކީ ޒަޔަނިސްޓު ޔަހޫދީންގެ ބޭނުމަށް ފަލަސްޠީނު މީހުންގެ ގުނަވަންތައް ވަގަށް ނަގާ މައްސަލައެވެ. އިޒްރޭލަކީ ގުނަވަންތަކުގެ ވަގު ވިޔަފާރީގައި ދުނިޔޭގައި އެންމެ ކުރީގައި އުޅޭ ޤައުމެވެ.

ބައިނަލްއަގްވާމީ ގުނަވަންތަކުގެ ވިޔަފާރީގެ ބާޒާރުގައި ބޭނުން ކުރުމަށް ފަލަސްތީނުގެ އަސީރުންނާއި އާންމުންގެ ގުނަވަންތައް ޔަހޫދީން ވަގަށް ނެގުމުން އިޒްރޭލު ވަނީ ގުނަވަން އިންދުމުގެ ވިޔަފާރީގެ ފަތުރުވެރިކަމުގެ މުހިންމު ހަބަކަށް ވެފައެވެ.

ހަމަނުޖެހުން ހިނގާ ސަރަހައްދުތަކާއި ކޮންފްލިކްޓް ޒޯންތަކުގައި ގުނަވަންތަކުގެ ވަގުފާރިއަކީ އާ ކަމެއް ނޫނެވެ. ޤާނޫނުގެ ބާރު ނުހިނގާ މިތަންތާނގައި މިފަދަ ކަންކަމަށް މަގުފަހި ވެއެވެ. ކުރިން ބޯލްކަންސް އާއި ސަބް ސަހަރާ އެފްރިކާއިންވެސް މިފަދަ ކަންކަން ރިޕޯޓް ކޮށްފައި ވެއެވެ.

1949 ވަނަ އަހަރުގެ ޖެނީވާގެ ހަތަރުވަނަ މުޢާހަދާ އަކީ މިފަދަ ކަންކަން މަނާ ކުރާ ބައިނަލްއަޤްވާމީ މުޢާހަދާއެވެ. ނަމަވެސް ޒަޔަނިސްޓުންގެ ޤައުމު އިޒްރޭލަކީ، މި މުޢާހަދާ ތަސްދީޤުކޮށްފައިވާ ޤައުމެއް ނޫނެވެ.

އިޒްރޭލުގެ ޔަހޫދީންނަކީ ދީނީ ސަބަބުތަކަށްޓަކައި ގުނަވަން ހަދިޔާ ކުރުމަށް ދެކޮޅު ހަދާ ބައެކެވެ. އެހެންވެ އިޒްރޭލުގައި ގުނަވަން ހަދިޔާ ކުރާ ނިސްބަތް އުލެނީ 14 އިންސައްތައިގައެވެ. ޔޫރަޕްގައި މި ނިސްބަތް 30 އިންސައްތައިގައި އުޅެއެވެ. އެހެންނަމަވެސް އިޒްރޭލުގެ ގުނަވަން ބެންކުތަކާއި ގުނަވަން ބަދަލު ކުރުމުގެ ވިޔަފާރިއާއި ފަތުރުވެރިކަމަކީ ދުނިޔޭގެ ނިސްބަތާ ނުބައްދަލު ވިޔަފާރިއެވެ.

ފަލަސްޠީނު މީހުންގެ ގުނަވަންތަކުން ވަގުފާރި ކުރާ ކަމަށް އިޒްރޭލަށް 1980ގެ ފުރަތަމަ އިންތިފާޟާގައި ވެސް ތުހުމަތު ކުރެވުނެވެ. ނަމަވެސް އެކަމަކީ ޕްރޮޕެގެންޑާއެއް ކަމަށް ބުން އެއްފަރާތް ކޮށްލެވުނެއެވެ. އިންތިފާޟާގެ ދުވަސްވަރުވެސް އިޒްރޭލުން ފަލަސްޠީނުގެ އަސީރުން ޢާއިލާއާ ޙަވާލު ކުރާއިރު އެމީހުންގެ ގުނަވަނަތައް މަދުވެފައިވާ ކަން އާއިލާއިން ފާހަގަ ކުރެވިގެން އެމައްސަލަ ޖެއްސިއެވެ.

އެކަން ކަށަވަރުވީ، 1992 ވަނަ އަހަރު އިޒްރޭލުގެ ސިފައިން މަރާލި ފަލަސްތީނުގެ ޒުވާން ބިލާލް އަހުމަދު ޣާނިމްގެ މައްސަލައާއި، 2009 ވަނަ އަހަރު ސްވިޑެންގެ ނޫހެއް ކަމަށްވާ އަފްޓަންބްލެޑެޓްގައި ލިޔެފައިވާ “އަވަރ ސަންސް އޯގަންސް ވާ ސްޓޯލްން” އިންވެސްޓުގޭޓިވް ރިޕޯޓުންނެވެ. އެރިޕޯޓްގައި އިޒްރޭލުގެ މެޑިކަލް އިންސްޓިޓިއުޝަންތަކާ ގުޅިފައިވާ ގުނަވަން ޓްރެފިކިން ނެޓްވޯކެއްގެ ވާހަކަ ކިޔައިދީފައި ވެއެވެ.

އިޒްރޭލުގެ އޮފިޝަލުން ވަނީ ފަލަސްތީނުގެ މީހުންގެ ގުނަވަންތައް ނަގާކަމަށް އެއްބަސްވެފައެވެ. 2014 ވަނަ އަހަރު އިސްރާއީލުގެ ޓީވީ ޕްރޮގްރާމެއްގައި އިސް އޮފިޝަލުން ވަނީ ފަލަސްތީނު މީހުންނާއި އެފްރިކާގެ މަސައްކަތްތެރިންގެ ހަންތައް ނަގައި ރައްކާ ކުރާ ކަމަށް ވެސް އެއްބަސްވެފައެވެ. އިޒްރޭލު ސިފައިންގެ ގައިގައި އިންދުމަށް މިހަންތައް ނަގަނީ އެމީހުންގެ ރުހުމުގައެއް ނޫނެވެ.

އިޒްރޭލުގެ އާބާދީ މަދުއިރު، އިޒްރޭލުގެ ސްކިން ބެންކަކީ ދުނިޔޭގައި އެންމެ ގިނައިން އިންސާނުންގެ ހަން ރައްކާކޮށްފައިވާ އަދި އެއިން މުއާމަލާތު ކުރާ ބެންކެވެ. އިޒްރޭލުގެ ސްކިން ބެންކުގައި ކޮންމެ ހިނދެއްގައިވެސް އެންމެ މަދުވެގެން 183 އަކަ ފޫޓުގެ ހަން ލިބެން ހުރެއެވެ.

އިޒްރޭލުން ގުނަވަންތަކުގެ ވަގުފާރި ކުރާކަން އިތުރަށް ސާބިތުކޮށްދިނީ އިޒްރޭލުގެ ޑޮކްޓަރު އަދި އެންތްރޮޕޮލޮޖިސްޓް މެއިރާ ވައިސް 2002ގައި ލިޔުނު ފޮތުގައެވެ. އޯވަރ ދަ ޑެޑް ބޮޑީޒްގައި އޭނާ ވަނީ ޔަހޫދީން ޔުނިވާސިޓީތަކުގައި މެޑިކަލް ރިސާޗުގެ ބޭނުމަށް ފަލަސްޠީނު މީހުންގެ ގުނަވަންތައް ވަގަށް ނަގާ ގޮތް ކިޔައި ދީފައެވެ.

އިޒްރޭލުގެ ގުނަވަންތަކުގެ ވަގުފާރީގެ މައްސަލަ ވަނީ 2023ގެ އޮކްޓޯބަރުގައި ޔޫރޯ-މެޑް ހިއުމަން ރައިޓްސް މޮނިޓަރ އިން ނެރުނު ރިޕޯޓްގައިވެސް ޝާއިއުކޮށްފައެވެ. އޭގައިވެސް ބުނެފައި ވަނީ އަސީރުންނާއި ހަނގުރާމައިގައި މަރާލާ މީހުންގެ ގަބުރު އާއިލާއާ ހަވާލު ކުރާ އިރު ފަޅާލައިގެން ގުނަވަންތައް ނަގާފައިވާ ކަން ފާހަގަ ވާ ކަމަށެވެ.

މިއަހަރުގެ ޖުލައި މަހުވެސް އިޒްރޭލުގެ ދުވަހު ނޫސް ހާރެޓްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ސިފައިން ވަނީ ފަލަސްތީނުގެ 1،500 މީހުންގެ ގަބުރު ސްޑޭ ޓެއިމަން ޑިޓެންޝަން ސެންޓަރުގައި ގެންގުޅެފައެވެ. އަދި އެ ގަބުރުތަކުން ގުނަވަންތައް ނަގާފައިވެއެވެ.

2015 ވަނަ އަހަރުން ފެށިގެން ޔޫރަޕްގެ ޕާލަމެންޓުން އިޒްރޭލު ލިސްޓު ކޮށްފައި ވަނީ ގުނަވަންތަކުގެ ވަގުފާރީގައި ހަރަކާތްތެރިވާ މަރުކަޒީ ގައުމުގެ ގޮތުގައެވެ.

ގުނަވަންތަކުގެ ވަގުފާރީގައި އިޒްރޭލު ހަރަކާތްތެރިވާކަން އޮންލައިންކޮށް ހޯދާލުމުންވެސް އެނގެއެވެ. އިޒްރޭލު ހެލްތު މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި ގުނަވަން ބަދަލުކުރާ ޔުނިޓްތައް ހުންނަ 11 ހޮސްޕިޓަލެއް ލިސްޓްކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!