ދިވެހި ލެއިން ގުރުބާންވި ފަރާތްތަކުގެ ހަނދާންތައް އައުކުރުމަށް ރައީސް ގޮވާލައްވައިފި

ޤައުމުގެ ދިފާއުގައި ލެއިން ގުރުބާންވި ފަރާތްތަކުގެ ހަނދާންތައް އައުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ނަޞްރުގެ ދުވަހާއި ގުޅިގެން ދުވަހުގެ ތަހުނިޔާ ޤައުމާއި ރައްޔިތުންނަށް ވިދާޅުވުމަށް މީސްމިޑީއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ޝަހީދުންގެ ޒިކުރާއައު ކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ޤައުމު ދިފާޢު ކުރުމަށް ދިވެހި ލެއިން ޤުރުބާންވި ފަރާތްތަކުގެ ހަނދާތައް އައުކޮށް އެޝަހީދުންނަށް ދިވެހިން ޝުކުރުވެރިވެ ވަޑައިގަންނަވާ ކަމަށާއި، އެފަރާތްތަކުގެ ޒިކުރާ ދިވެހި އުންމަތުން އައު ކުރަން ޖެހޭނެ ކަމަށެވެ.

މިއަދު ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުން ވަނީ ނޮވެންބަރުގެ 3 ގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައެވެ.

ދުވަހުގެ މުނާސަބާގައި ރައީސް ޙިއްސާ ކުރެއްވި ޕޯސްޓްގައި ޅެން ބައިތެއްވެސް ޙިއްސާ ކުރެއްވިއެވެ.

“ދިވެހި އުންމަތުގެ ހައްގުގައި ހަށި ފޮޅާލާ،

ދިވެހި ދިދަ ޙިމާޔަތްކުރަން އަތުގުޅާލާ،

ދިވެހި ލެއިންނެ ދިޔައީ މިތާ ނަން ފަވާލާ،

ދިވެހި ބިމުގެ ޝަރަފަށްޓަކައި މާތްވި ދީނާ ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ،

ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ” ރައީސް ކުރެއްވި ޕޯސްޓުގައި ވެއެވެ.

ހިއްސާ ކުރައްވާ!