ޗައިނާއިން ތަޢާރަފުކުރި ޑީޕްސީކް މަބް ސޮފްޓްވެއަރގެ ސަބަބުން އެމެރިކާގެ ޓެކްނޮލޮޖީ ދާއިރާގެ ހިއްސާގެ ވިޔަފާރިއަށް އެއް ޓްރިލިއަން ޑޮލަރުގެ ގެއްލުން ލިބިގެން ހިނގައްޖެ އެވެ. މި ސޮފްޓްވެއަރ ނެރުމާއެކު ޗައިނާގެ އައިޓީ ގެ ދާއިރާގެ ބާރުވެރިކަމުން، އެމެރިކާގެ އިންވެސްޓަރުން ސިއްސުވާ ލައިފިއެވެ.
ޗައިނާގެ މި އެޕް އެޕަލް އާއި ގޫގުލްގެ އެޕް ސްޓޯރތަކުގައި އެމެރިކާއާއި އިނގިރޭސިވިލާތުގައި އެސާހިތަކުން އެންމެ ކުރި ހޯދީ ޗައިނާގެ ސޮފްޓްވެއަރ އިންނެވެ.
މި އެޕްގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު ފަރާތަކީ އޭއައި މޮޑެލްތަކަށް ބޭނުންކުރާ ޗިޕްސް އުފައްދާ އެންވީޑިއާއެވެ. އެ ކުންފުނީގެ ހިއްސާގެ އަގު 17 އިންސައްތަ ދަށަށް ގޮސް، އެންމެ ދުވަހެއްގެ ތެރޭގައި 600 ބިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ. އަދި އެމެރިކާގެ އެންމެ އަގުބޮޑު ކުންފުނީގެ މަގާމު އެޕަލްއަށް ދޫކޮށްލަން ޖެހުނެވެ.
އަދި ގޫގުލްގެ މައި ކުންފުނި އަލްފަބެޓަށް 100 ބިލިއަން ޑޮލަރުގެ ގެއްލުން ވިއެވެ.
މައިކްރޮސޮފްޓަށް ހަތް ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިގެން ދިޔައެވެ.
އެންމެ ފެންވަރު ރަނގަޅު ޗިޕް އުފައްދާ އެންވީޑިއާގެ ހިއްސާގެ އަގު ވެއްޓުމަކީ މިއަދާ ހަމައަށް ހިއްސާގެ ބާޒާރުގައި ފެނިގެން ގޮސްފައިވާ ކަމެއް ނޫނެވެ.
ޑީޕްސީކް ނެރުމަށްފަހު، އެމެރިކާއިން ދީފައިވާ ސައިބާ ހަމަލަތަކަށް ފަހު މިހާރު އެ ކުންފުނިން ވަނީ އަލަށް ރަޖިސްޓްރީވާ މީހުންގެ އަދަދު މަދުކޮށްފައެވެ.






