އިނގިރޭސިވިލާތުގެ ނުފޫޒުން މުޅިން މިނިވަންވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ބެލީޒްގެ ފައިސާ ނޫޓުތަކުން އިނގިރޭސި ރަނިކަމަނާ އެލިޒަބަތުގެ މޫނުފުޅު ނެގުމަށް އެ ޤައުމުން ވަނީ ނިންމާފައެވެ.
ބެލީޒްގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު ކަރީމް މިޝޭލް ހާމަކުރެއްވި ގޮތުގައި، ކުރިން ބޭނުންކުރަމުން އައި ފައިސާގައި ހުންނަ އެލިޒަބަތު ރާނީގެ ފޮޓޯގެ ބަދަލުގައި، އާ ފައިސާ ނޫޓުތަކުގައި އެ ޤައުމުގެ މިނިވަންކަމަށް މަސައްކަތްކުރެއްވި ބޭފުޅުންނާއި ސިޔާސީ އިސްވެރިންގެ ތަސްވީރުތައް ޖެހުމަށް ވަނީ ނިންމާފައެވެ. މި ބަދަލު ތަންފީޒުކުރަން ފަށާނީ މި އަހަރުގެ ޖޫން މަހުގައެވެ.
މެދު އެމެރިކާގައި ހިމެނޭ ބެލީޒަކީ ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި އޮތް ހަމައެކަނި ޤައުމެވެ. މިހާރު އެ ޤައުމުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ހުންނެވި ޗާލްސް ރަސްގެފާނުގެ ބަދަލުގައި، އަމިއްލަ ރައީސުލްޖުމްހޫރިއްޔާއެއް އިންތިޚާބުކުރުމަށް ބެލީޒު ރައްޔިތުން ބޭނުންވެއެވެ.



