ސޫރިޔާގެ އައު މަހާރެހެނދި ތުރުކީގައި

ސޫރިޔާގެ އައު ރައީސް މުހައްމަދުލް ޖައުލާނީގެ އަނބިކަނބަލުން ލަތީފާ އައްދަރޫބީ އަންކަރާއަށް ވަޑައިގެންފިއެވެ. ތުރުކީގެ މަހާރެހެނދި އަމީނާ ވަނީ ލަތީފާގެ ފޮޓޯއެއް އިންސްޓަގްރާމްގައި ޙިއްސާ ކުރައްވާފައެވެ.

ލަޠީފާއާ ބައްދަލު ކުރެއްވުމަށްފަހު، އަމީނާ ވިދާޅުވެފައި ވަނީ، އިންސާނީ އެހީތެރިކަމާއި އިޖުތިމާއީ އެއްބައިވަންތަކަމާއި އަންހެނުން ބާރުވެރިކުރުމާއި ތައުލީމީ ދާއިރާ ފަދަ މުހިންމު އެތައް މައްސަލަތަކެއްގައި ޚިޔާލު ބަދަލުކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިވަޑައިގަތް ކަމަށެވެ.

ސޫރިޔާގެ ރައީސް އަހުމަދު އަލްޝަރަޢަ ވަނީ އެރްދުޣާންގެ ދަޢުވަތަކަށް  އަންކަރާއަށް ވަޑައިގެންފައެވެ.

އޭނާ ވަނީ އޭގެ ކުރިން ސައޫދީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މަޝްވަރާތައް ބާއްވަވައި ޢުމުރާގެ އަޅުކަން އަދާކުރައްވާފައެވެ.

ހިއްސާ ކުރައްވާ!