ދެކުނު ކޮރެއާގައި ކުއްތާ މަސް ވިއްކުމާއި ކުއްތާ މަހުގެ ބޭނުމަށް ކުއްތާ ބޮޑުކުރުން މަނާ ކުރުމާ ގުޅިގެން ވިޔަފާރިވެރިން ކުއްތާ މަހުގެ ވިޔަފާރިއާ ދުރަށް ޖެހެމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ދ. ކޮރެއާގެ މިނިސްޓްރީ އޮފް އެގްރިކަލްޗާ، ފުޑް އެންޑް ރޫރަލް އެފެއާޒުން ބުނާ ގޮތުގައި ކާބޯތަކެތީގެ ބޭނުމުގައި ކުއްތާ ގެންގުޅުމާއި ކަތިލުން މަނާކުރާ ޚާއްސަ ގާނޫނެއް ފާސްކޮށްފައި ވަނީ އޮގަސްޓް މަހު އެވެ. އެއަށްފަހު، ކުއްތާގެ މަހުގެ ވިޔަފާރިއަށް ކުއްތާ ބޮޑުކޮށްގން ގެންގުޅޭ 623 ތަނެއް މިހާތަނަށް ވަނީ ބަންދުކޮށްފައެވެ. ދެކުނު ކޮރެއާގައި ރަޖިސްޓްރީކޮށްގެން ޖުމްލަ 1،537 ތަނެއްގައި ކުއްތާ މަހުގެ ވިޔަފާރިއަށް ކުއްތާ ބޮޑުކޮށް ގެންގުޅެއެވެ.
ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރު ފެށުމުގެ ކުރިން ކުއްތާ މަހުގެ ވިޔަފާރި ކޮރެއާގައި އެއްކޮށް ހުއްޓާލާށެވެ.






