ޔަހޫދު ޓެރަރިސްޓް ޒަނިސްޓުން ޖެނިންގެ ރެފިއުޖީ ކެމްޕް އެއްކޮށް ހަލާކުކޮށްލައިފި ކަމަށް ޖެނިންގެ އެސިސްޓެންޓް ގަވަރުނަރު މަންސޫރު އަލް ސާދީ ވިދާޅުވެއެވެ. އޭނާ ވިދާޅުވީ ހުޅަނގު އައްސޭރީގައި ޒަޔަނިސްޓުން ހަމަލަތައް ވަރުގަދަ ކޮށްދީފައިވާ ހަމަލަތަކުގައި 20،000 އަށް ވުރެ ގިނަ ރައްޔިތުން ގަދަކަމުން ގެދޮރުން ބޭރުކޮށްލައި އެމީހުންގެ ލިޔެކިޔުންތައް ނައްތާލާފައިވާ ކަމަށެވެ.
ވޮއިސް އޮފް ފަލަސްތީން ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައި އަލްސާދީ ވިދާޅުވަނީ، ޖެނިން ސިޓީއާއި އެ ސިޓީގެ ކޭމްޕުގައި ހިންގަމުންދާ ޖަރީމާތަކަކީ، ޖެނިންގެ 400،000 ރައްޔިތުންނަށް ދެވޭ ޖަމާއީ އަދަބެއްކަމަށެވެ.
ބައިނަލްއަގްވާމީ ހުރިހާ އިންސާނީ ހައްގުތަކާއި ގާނޫނުތައް ބޮލާލައި ޖަހައި ޒަޔަނިސްޓުން ދަނީ ބިރަކާ ނުލައި ހަމަލަތައް ފުޅާކުރަމުންނެވެ.





