ނާޒީންނަށް ވުރެން ނުލަފާ ޒަޔަނިސްޓުން ފަލަސްޠީނުގެ ފޮތް ފިހާރަ ބަންދުކުރަނީ

އިޒްރޭލުގެ ފުލުހުން ވަނީ ހިފާފައިވާ އިރުމަތީ ގުދުސްގެ ފަލަސްތީނުގެ ދެ ފޮތްފިހާރައަކަށް ވަދެ، ފޮތްތައް އަތުލައިގަނެ، ފޮތްތައް ބިންމައްޗަށް އަޅައި އިހާނެތިކޮށް ހިތާފައެވެ. އަދި އެ ބުކްޝޮޕް ހިންގާ ދެ މީހަކު ހައްޔަރުކުރި ކަމަށްވެސް އާއިލާގެ މެންބަރުން މަޢުލޫމާތު ދީފައިވެއެވެ.

މުނާ އާއިލާގެ މެމްބަރުން ސީއެންއެންއަށް ދެއްކި، ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި، ހިފާފައިވާ ޤުދުސްގެ އެންމެ މަޝްހޫރު ބުކްޝޮޕަށް ވަދެ، ނާޒީ ޔަހޫދު ޒަޔަނިސްޓުން ވަނީ ބައެއް ފޮތްތައް ޑަސްބިން ކޮތަޅަށް ލައިގެން ގެންގޮސްފައެވެ.

ސީއެންއެންއަށް މަޢުލޫމާތު ދެމުން، ވެރިފަރާތް އިޔާދު މުނާ ވިދާޅުވީ ޔަހޫދު ޒަޔނިސްޓުން ބައެއް ފޮތްތައް ބިންމައްޗަށް އުކާލައި ފޮތުގެ ގަދަރު ކުޑަކޮށް އޭގެ މަތިން ހިނގައި ހެދި ކަމަށެވެ. އަދި ޢަރަބި ބަހުން ލިޔެފައިވާ ފޮތްތަކަށް ބޮޑެތި ގެއްލުންތަކެއް ދިން ކަމަށެވެ.

ޔަހޫދު ޒަޔަނިސްޓު ނާޒީ ޓެރަރިސްޓުން ވަނީ ޣައްޒާގައި ގެތަކާއި މިސްކިތްތަކަށް ވަދެ ފޮތްތަކާއި ޤުރުއާން ހުޅުޖަހައިވެސް ހަދާފައެވެ.

ޒަޔަނިސްޓު ފުލުހުން ވަނީ މި ފޮތް ފިހާރައިގެ ވެރިން ހައްޔަރުކޮށްފައެވެ. ނާޒީ ޒަޔަނިސްޓު ފުލުހުން ބުނީ މިމީހުން ހައްޔަރުކޮށްފައި ވަނީ ޓެރަރިޒަމަށް ތާއީދުކުރާ ފޮތްތައް ވިއްކުމުގެ ތުހުމަތުގައެވެ.

މިއަދު ޒަޔަނިސްޓުންގެ ކޯޓަކުން ވަނީ އެ މީހުންގެ ބަންދުގެ މުއްދަތު 24 ގަޑިއިރަށް އިތުރުކޮށްފައެވެ.

1984 ވަނަ އަހަރުން ފެށިގެން ހިންގާ އެޑިއުކޭޝަނަލް ބުކްޝޮޕަކީ އިރުމަތީ ގުދުސްގެ ސަގާފީ މަރުކަޒެއް ކަމަށް އދން ފަލަސްޠީނަށް އައްޔަން ކޮށްފައިވާ މަންދޫބު ފްރެންޗެސްކާ އަލްބެނީޒް ވިދާޅުވެއެވެ. އޭނާ ވަނީ ޒަޔޫދު ޒަޔަނިސްޓުންގެ މި ޖާހިލު އަމަލަށް ހައިރާންކަން ފާޅުކުރައްވާފައެވެ. އަދި ބޭރުގެ ޑިޕްލޮމެޓުންވެސް ވަނީ އިޒްރޭލުގެ މިއަމަލު ކުށްވެރިކޮށްފައެވެ.

ފަލަސްތީނުގެ ތާރީޚާއި ފަލަސްޠީނުގެ ފަންނު އެއްކުރުމަށް މަޝްހޫރު މި ބުކްޝޮޕުން ފަލަސްތީނުގެ ރައްޔިތުންނާއި، ފަލަސްޠީނަށް ޝައުގުވެރިވާ މީހުންނަށް ޚިދުމަތް ފޯރުކޮށްދެއެވެ.

 

ހިއްސާ ކުރައްވާ!