އިޒްރޭލުން ވަގަށް ނަގާފައިވާ ފަލަސްޠީނު މީހުންނަށް ޖަލުގައި އަނިޔާކުރާ ކަމަށް ޝަކުވާ ކުރުމުން މިއަދު ރާމަﷲގައި ހުންނަ ނާޒީ ޒަޔަނިސްޓު ޖޫސް ހިންގާ އޯފަރު ޖަލުގެ ގޮޅިތަކަށް ކަރުނަ ގޭސްޖަހައި މީހުންނަށް އަނިޔާކޮށްފިއެވެ.
ޒަޔަނިސްޓު ސިފައިން ރަހީނުކޮށްފައިވާ ފަލަސްޠީނު މީހުންގެ ގައިގައި މުގުރުން ތަޅައި އަނިޔާ ކުރިކަމަށްވެސް ގައދީންގެ ޖަމުއިއްޔާއިން ވަނީ ބުނެފައެވެ. އަދި ބައިނަލްއަގްވާމީ އަދި އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން އެމީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ތަދައްޚުލްވުމަށް ވެސް ވަނީ ކުއްލި އިލްތިމާސެއް ހުށަހަޅާފައެވެ.
އިޒްރޭލުން ފަލަސްޠީނުގެ ރަހީނުންނަށް މި ހަމަލަ ދީފައި ވަނީ، ޒަޔަނިސްޓުން މިނިވަން ކުރި ގައިދީންނަށް އަނިޔާކޮށްފައިވާ ކަމުގެ ހެކިތައް މީޑިއާއަށް ތިލަ ވެގެން އެވާހަކަ ދެއްކުމާ ގުޅިގެންނެވެ.
ފަލަސްޠީނު މީޙުންގެ ހައްގަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ، މިކަމުގެ ޒިންމާ ޖޫސްގެ ކޮމިޝަން އޮފް ޕްރިޒަނަރސް އެފެއާޒް އިން އުފުލަން ޖެހޭނ ކަމަށް ބުނެފައެވެ.





