މަސްކަށް 13 ވަނަ ކުއްޖާ ލިބުނު ކަން އިއުލާން ކުރުމުން މީސްމީޑިއާއަށް ފިލައިފި

ކައިވެނީގެ ބޭރުން މާހާދާދާގަރު އީލޯން މަސްކުގެ 13 ވަނަ ކުއްޖާ ވިހައިފިކަމަށް އަންހެނަކު ބުނެ އެކަން އިއުލާން ކުރުމުން  މަސްކު ޓުއިޓާއިން ފިލައިފިއެވެ. ޓްރަމްޕްގެ އެމެރިމާ އަލުން ބޮޑު ގައުމަކަށް ހެދުމަށް ގެންގުޅޭ ވިސްނުމަށް ތާއީދު ކުރާ މީސްމީޑިއާ އިންފުލުއެންސަރު، އޭޝްލީ ސެއިންޓް ކްލޭއާ އެކްސްގައި ބުނެފައި ވަނީ އޭނާ މަސްކަށް 13 ވަނަ ކުއްޖާ ވިހައިފި ކަމަށެވެ. އަދި މަސްކު އޭނާގެ ފޯނު ނުނަގައި އޭނާއަށް އިޖާބަ ނުދޭތީ އެކަމާ އޭނާ ވަނީ އެކްސްގައި ޝަކުވާ ކޮށްފައެވެ. އިރުކޮޅަކުން މަސްކަށް ފާޑު ކިޔައި އަންހެން މީހާ ކުރި ޓުއީޓުތައް މަސްކު ވަނީ ޑިލީޓު ކޮށްލާފައެވެ.

ޓެސްލާ އެންޑް ސްޕޭސްއެކްސްގެ ސީއީއޯ، އުމުރުން 53، އަހަރުގެ މަސްކަކީ ގިނަ އަނހެނުންނާ އެކު ގުޅުން ހިންގައި ކުދިން ދެމުން އުޅޭ މީޙެކެވެ. އުމުރުން 26 އަހަރުގެ އޭޝްލީ ސެއިންޓް ކްލޭއާ ބުނާ ގޮތުން އޭނާ ވިހާފައިވާ ކުއްޖާއަކީ މަސްކުގެ 13 ވަނަ ކުއްޖާއެވެ.

މަސްކު ވަނީ މިވާހަކަތަކަށް ފަހު އޭނާ މަބްގެ ބައެއް މަސައްކަތްތަކެއް ކޮށްލުމަށް ދުވަސްކޮޅަކަށް  އެކްސްއާ ދުރަށް ޖެހިލަނީ ކަމަށް ބުނެ މީސްމީޑިއާއިން ފިލާފައެވެ.

ހިއްސާ ކުރައްވާ!