އިނގިރޭސިވިލާތުގެ ސެމީކޮންޑަކްޓަރ ޓެކްނޮލޮޖީ ކުންފުނި އާމް އިން ބެންގަލޫރުގައި ދެވަނަ އޮފީހެއް ހުޅުވާނެ ކަމަށް އެކުންފުނިން ބުނެފި އެވެ. އާމްއިންގެ މައި އޮފީސް ހުންނަނީ އިނގިރޭސިވިލާތުގެ ކެމްބްރިޖްގަ އެވެ.
އާމްއަކީ މިހާރުވެސް އިންޑިއާގައި ސެމީކޮންޑަކްޓަރ ޑިޒައިން ކުރުމުގެ މަސައްކަތާއި އެއާ ގުޅުން ހުރި އެހެން މަސައްކަތްތަކުގައި ބެންގަލޫރުގައި 2 ހާސް މީހުންނަށް ވަޒީފާ ދޭ ކުންފުންޏެކެވެ.
އާމްސް ކުންފުނީގެ އުފެއްދުންތައް މޮބައިލް ފޯނުތަކުގައި ހިމެނޭނެ ކަމަށް ވިދާޅުވަމުން އެކުންފުނީގެ މަންދޫބު ޕީޓަރ ސްތެފަންސް ނިއުދިއްލީގައި ވިދާޅުވީ، ކޮންމެ ފޯނެއްގައިވެސް ކެމްބްރިޖުގެ ބަޔަކާއި ބެންގަލޫރުގެ ބައެއް ޔަގީނުންވެސް ހިމެނޭނެ ކަމަށެވެ.
ޕީޓަރ ސްޓެފަންސް އަކީ އިންޑަސްޓްރީގެ އިދާރާތައް ކަމަށްވާ ނާސްކޮމް އާއި ޓެކްޔޫކޭ ގުޅިގެން ހިންގާ ޔޫކޭ-އިންޑިއާ ޓެކް ފޯރަމްގެ ޗެއާމަންކަން ވެސް ކުރައްވާ ބޭފުޅެކެވެ.




