ގިލްގިޓް-ބަލްޓިސްތާނަކީ ފެހި ގުދުރަތީ ގޮތުން މުއްސަނދި ސަރަހައްދެކެވެ. ނަމަވެސް މި ސަރަހައްދުގެ މީހުންނަށް އެންމެ ތަދު އެއްޗަކީ، ކަރަންޓެވެ.
ގިނަ ކޯރުތައް ގިލްގިޓް ބޯލްޓިސްތާން ތެރެން ދަތުރު ކުރެއެވެ. އަދި ހައިޑްރޯއިލެކްޓްރިކް ކަރަންޓް އުފެއްދުމުގެ ފުރުސަތު ބޮޑު ސަރަހައްދެކެވެ. ދުނިޔޭގެ ބައެއް ބޮޑެތި ގްލޭޝިއާތަކާއި ކޯރުތައް ހުންނަނީ މި ސަރަހައްދުގައެވެ. ނަމަވެސް، ކޮންމެ ދުވަހަކު އެތައް ގަޑިތަކެއް ވަންދެން މި ސަރަހައްދު އަނދިރިކަމުގެ ތެރޭގައި އޮވެއެވެ.
މިއިން ފެންނަނީ މިއަށްވުރެން ފުން މައްސަލައެކެވެ. ޕާކިސްތާން ސަރުކާރުން އެދެވޭ މިންވަރަކަށް ސަރަހައްދަށް ތަރައްގީ ނުގެނައުމާއި އަދި އެކަމަށް ތަސައްވުރެއް ނެތުމާއި، ނިޒާމީ ސިފައެއްގައި ހިންގުމުގައި ކޮރަޕްޝަނާއި، ވަސީލަތްތައް ނާޖާއިޒުގޮތުގައި ބޭނުންކުރުމުގެ ސަބަބުން ހިންގުމުގެ މައްސަލަތައް ދިމާވެފައި ވެއެވެ.
ގިލްގިޓް-ބަލްޓިސްތާނަކީ ގާތްގަނޑަކަށް 50،000 މެގަވޮޓް ގެ ހައިޑްރޯއިލެކްޓްރިކް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ސަރަހައްދެކެވެ. ނަމަވެސް، އެތަނުން އަދިވެސް އުފެއްދެނީ 200 މެގަވޮޓަށް ވުރެ މަދު ކަރަންޓެކެވެ.
މި ތަފާތުކަމުން ދައްކުވައިދެނީ މި ސަރަހައްދުގެ ގުދުރަތީ މުއްސަނދިކަން އެ ސަރަހައްދުގެ ރައްޔިތުންގެ ފައިދާއަށް ބޭނުން ނުކުރެވޭ ކަމެވެ. ގިނަ ފަހަރަށް ރައްޔިތުން މާޔޫސްކަން ފާޅުކުރަނީ، ޕާކިސްތާނުގެ އެހެން ހިސާބުތަކަށް ކަރަންޓް ފޯރުވުމަށް އެ ސަރަހައްދުގެ ކޯރުތަކާއި ގްލޭޝިއާތައް ބޭނުން ކުރަމުން ދިއުމުންނެވެ. އަދި ސަރަހައްދުގެ މީޙުން ދިގު މުއްދަތަކަށް ކަރަންޓް ކެނޑުމުގެ މައްސަލަ ތަހައްމަލު ކުރަން ޖެހޭތީއެވެ.
މީގެ އިތުރުން މި ސަރަހައްދުގެ ހަކަތައިގެ މައްސަލަ ހައްލުކުރުމަށް ހުށަހަޅާފައިވާ ކިތަންމެ މަސައްކަތެއް ވަނީ ސަރުކާރުގެ ތެރޭން ތާށި ވެފައެވެ.





