އެޕަލް އިން އިންޑިއާގައި ފިހާރަތައް ހުޅުވަނީ

ޗައިނާއިން ސަޕްލައި ޗެއިން ބަދަލުކޮށް އެއްގައުމަކަށް ބަރޯސާ ކުރުން ދޫކޮށްލުމުގެ ވިސްނުމާއި ސްޓްރެޓެޖީއެއްގެ ތެރެއިން އެޕަލް އިން ދަނީ އިންޑިއާގައި އުފެއްދުންތެރިކަން އިތުރުކޮށް ފްލެގްޝިޕް ސްޓޯރުތައް ހުޅުވަމުންނެވެ. އިންޑިއާގައި އެޕަލްގެ ބިންގާ ފުން ކުރުމަށް ކުރާ މަސައްކަތުގައި ފޮކްސްކޮން އިން ދަނީ އިންޑިއާގައި އިތުރު ފިހާރަތައް ހުޅުވައި ކޮންސިއުމާ ބޭސް އިތުރު ކުރަމުންނެވެ.

އިންޑިއާގެ “މޭކް އިން އިންޑިއާ” އަދި ޕްރޮޑަކްޝަން ލިންކްޑް އިންސެންޓިވް ސްކީމްތަކުގެ ދަށުން އެޕަލް އިން ވަނީ އިންޑިއާގައި އައިފޯން އުފެއްދުން އިތުރުކޮށް، އިމްޕޯޓަށް ބަރޯސާވުން ކުޑަކޮށް، އެކުންފުނީގެ ޚަރަދުތައް ކުޑަކޮށްފަ އެވެ.

ފޮކްސްކޮން އާއި ޕެގަޓްރޯން އިން މިހާރު އިންޑިއާގައި އާ އައިފޯން މޮޑެލްތައް އެސެމްބްލް ކުރަމުންދާއިރު، ބައެއް މޮޑެލްތައް ޔޫރަޕަށް ވެސް އެކްސްޕޯޓް ކުރެ އެވެ. މީގެ އިތުރުން އެޕަލް އިން 2023 ވަނަ އަހަރު މުމްބާއީ އާއި ދިއްލީގައި ފިހާރަތައް ތައާރަފް ކުރުމަކީ އިންޑިއާގެ ތަނަވަސްވަމުން އަންނަ މެދުފަންތީގެ މީހުން ހޯދުމަށް ކުރާ މަސައްކަތުގެ ބައެކެވެ.

އެޕަލްއިން ވަނީ އިންޑިއާގައި އެތައް ހާސް ވަޒީފާތަކެއް އުފައްދާ ފައެވެ. އަދި ސެމްސަންގް ފަދަ ވާދަވެރިންނާ ކުރިމަތިލައި އެކުންފުނިން  ދަނީ މާކެޓްގައި އިތުރު ސާބިތުކަމެއް ދައްކަމުންނެވެ.

ހިއްސާ ކުރައްވާ!