ޑީއެޗްއެލް އާއި އެންވައިޔޫ ސްޓަރން ސްކޫލް އޮފް ބިޒްނަސް ގުޅިގެން ނެރުނު ރިޕޯޓެއްގައި، ބުނަނީ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ވިޔަފާރީގެ ކުރިއެރުމަށް އިންޑިއާ މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
ޑީއެޗްއެލް ޓްރޭޑް އެޓްލާސް 2025 ގެ ނަމުގައި ނެރެފައިވާ މި ރިޕޯޓުގައިވާ ގޮތުން، ދުނިޔޭގެ ވިޔަފާރީގެ ކުރިއެރުމަށް އިންޑިއާއިން 6 ޕަސެންޓްގެ ގެ ދައުރެއް އަދާކުރާނެ ކަމަށް ލަފާކުރެވެއެވެ. އިންޑިއާގެ ކުރީގައި އުޅޭނީ، ޗައިނާ (12%) އާއި އެމެރިކާ (10%) އާއެކުގައެވެ.
ރިޕޯޓުގައި ޕްރޮޖެކްޓްކޮށްފައިވާ ގޮތުގައި، އިންޑިއާ ގިންތި ކުރެވޭނީ އެންމެ ބާރަށް ކުރިއާ ސެގްމެންޓްގައެވެ. އަދި ގްރޯތް ރޭޓުގައި 15 ސްޕޮޓް މައްޗަށް ގޮސް 17 ވަނަ އަށް އަރާނެ ކަމަށް ވެސް ލަފާކުރެވެއެވެ.
2024ވަނަ އަހަރު އިންޑިއާ އަކީ 13 ވަނައަށް އެންމެ ބޮޑު ވިޔަފާރި ގައުމުކަމުގައި ވިޔަސް، އިންޑިއާއިން ދުނިޔޭގެ ވިޔަފާރީގައި ކުރިއަރާފައިވަނީ 2019-2024 ގެ އަހަރުތަކުގައި 5.2% ރޭޓެއްގައެވެ. މިއީ ދުނިޔޭގެ އެވްރެޖަށް ވުރެ މަތީ ކުރިއެރުމެކެވެ.
ޑީއެޗްއެލް އެކްސްޕްރެސްގެ އާރް އެސް ސުބްރަމަނިއަން ވިދާޅުވި ގޮތުގައި، ދުނިޔޭގެ އިގްތިސާދީ ދަތިކަމާ މެދު ނުތަނަވަސްކަމެއް އޮތް ނަމަވެސް، އިރުމަތިން ހުޅަނގަށް އިންޑިއާއަކީ، ވިޔަފާރީގެ މުހިންމު މަރުކަޒެއްގެ ގޮތުގައި ފާހަގަވާ ގައުމެކެވެ.
ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އިންޑިއާގެ ވިޔަފާރީގެ ބާރުގަދަކަން ވަނީ ޗައިނާއާ ވާދަވެރި ހާލަތެއްގައެވެ. މިކަމަކީ ކުރިއަށް އޮތް އަހަރުތަކުގައި ދުނިޔޭގެ ވިޔަފާރީގެ ވާދަވެރިކަން އިތުރުވެ، އޭޝިއާގެ ބޮޑު ދެ އިގްތިސާދުގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމުގެ ހެއްކެކެވެ.



