ޓްރަމްޕު ހޮވުމުން ދޮން މީހުންގެ ބާރުވެރިކަމަށް ބާރުއަޅައި ވާހަކަ ދައްކާ ނާޒީންގެ މަގްބޫލުކަން އިތުރު ވެއްޖެއވެ. އަދި މަސްކު ނާޒީންގެ ސަލާމަކުން ސަލާން ކުރުމުން އެކަންވެސް މަގްބޫލުވެފައިވާ ކަމަށް ސުއިޑްންއިން ބުނެއެވެ.
ސުއިޑްންގެ މަސްއޫލުވެރިން ވަނީ ކުޑަކުދިންނަށް މިކަމުން އސަރު ކުރަމުންދާތީ ޚާއސަ ކެމްޕޭނެއް ފަށާފައެވެ.
މި ދެ މީހުންގެ ބާރު ގަދަވުމުގެ ސަބަބުން މީސްމީޑިއާ މެދުވެރިކޮށް އުމުރުން 10 އަހަރުގެ ކުދިން ރެކްރޫޓު ކުރަމުން ގެންދެއެވެ. ދޮންމީހުން ނަކީ ދުނިޔޭގެ ވެރިންކަމަށް ބުނާ ފަލްސަފާ އުގަންނައިދީ ކުޑަކުދިންގެ ސިކުނޑި ދޮވުން އާންމު ވެފައިވާ ކަމަށް ވެއެވެ.
ސުނިޑްގެ Nordiska motståndsrörelsen ޖަމާއަތުގެ ހަރަކާތްތައް މަސްކާއި ޓްރަމްޕްގެ ސަރުކާރު އައިފަހުން އިތުރު ވެފައިވާތީ އެގައުމުގެ އެކްސްޕޯ އިންސްޓިއުޓުން ވަނީ އިންޒާރުކޮށްފައެވެ. އަދި ޖާސޫސީ އިދާރާ ސާބޯއިންވެސް ނެރެފައިވާ އަހަރީ ރިޕޯޓުގައި ނުބައި ދިމާއަކަށް މިސްރާބު ޖަހާފައިވާ ކަމަށް ބުނެ އިންޒާރު ދީފައި ވެއެވެ.



