އިޒްރޭލަށް ދަތުރުކުރާ އެއާލައިންތައް ކަމަށްވާ ޖަރުމަނުގެ ލުފްތަންސާ، ސްވިސް، އޮސްޓްރިއަން އެއާލައިންސް، ބްރަސެލްސް އެއާލައިންސް، އަދި ހަންގޭރީގެ އަގުހެޔޮ ކެރިއާ ވިޒް އެއާ ފަދަ ބޭރުގެ ބޮޑެތި އެއާލައިންތަކުން ވަނީ ޓެލް އަވީވަށް ކުރާ ދަތުރުތައް މެދުކަނޑާލާފަ އެވެ. ސްޕެއިންގެ އެއާލައިން އެއާ ޔޫރޮޕާ އިން ވެސް ޝެޑިއުލް ފްލައިޓް ހުއްޓާލީ ސަލާމަތީ ސަބަބުތަކާ ހުރެ، އެވެ. އެއާ ފްރާންސް އާއި އެހެން އެއާލައިންތަކުންވެސް ދަތުރުތައް ހުއްޓާލީ ސަލާމަތީ ސަބަބުތަކާ ހެދިއެވެ. މި ފިޔަވަޅު އަޅާފައި ވަނީ ހޫސީން އިޒްރޭލަށް ބެލެސްޓިކް މިސައިލުން ހަމަލަ ދިނުމުންނެވެ.
އިޒްރޭލު އެއާލައިން އެލްއާލްގެ ހިއްސާގެ އަގު ވެސް 7 ޕަސެންޓަށް ވެއްޓިފައި ވެއެވެ.
މި ހަމަލަ، އިޒްރޭލުގެ ޑޭވިޑް ސްލިންގަށްވެސް އަދި އަޔަން ޑޯމަށްވެސް ފާހަގަ އެއް ނުކުރެވުނެވެ. މިއިން އެނގެނީ އީރާނަށްވެސް ބޭނުން ޖެހިއްޖެ ހިނދެއްގައި މިފަދަ ހަމަލައެއް އިޒްރޭލާ ދެކޮޅަށް ދެވިދާނެ ކަމަށެވެ.





