އިޒްރޭލުގެ ބިކަ ވަމުންދާ އިގްތިސާދުގެ ސަބަބުން މުދައްރިސުންނަށް މުސާރަ ނުދޭތީ މިއަދު އިޒްރޭލުގެ 25 ހާސް މުދައްރިސުން ސަލާމް ބުނެ ބަލި ޗުއްޓީ ނަގައިފިއެވެ. އެއް ބަޔަކު ވަނީ ސްކޫލަށް ގޮސް ހަޅުތާލު ކޮށްފައެވެ. އަދި ބައެއް ޓީޗަރުން ވަނީ ދަތި ބޮޑުވަމުން ދިއުމާ ގުޅިގެން މުސާރަ ބޮޑު ކުރުމަށްވެސް އެދިފައެވެ.
މި އަދު ސްކޫލުތަކުގައި ކިޔަވައި ދިނުން ނެތުމުން ކުދިން ތިބީ ގޭގައެވެ. މައިންބަފައިން ވަނީ ސަރުކާރަށް ފާޑު ކިޔާފައެވެ.
ސުކޫލުތައް ހުޅުވުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ވެއްދުމުން ޓްރައިބިއުނަލުން ދިން ވަގުތީ އަމުރުގައި ބުނެފައި ވަނީ ސްކޫލު ފެށުމުގެ ކުރިން ހަޅުތާލު ކުރުމަށާއި ސްކޫލު ފެށިގެން އެއްގަޑި އިރު ފަހުން ހަޅުތާލު ނިންމައި ކިލާސްރޫމަށް ވަނުމަށެވެ.
މުދައްރިސުން ވަނީ ޓްރައިބިއުނަލުގެ އަމުރަށް ކިޔަމަން ވާނެ ކަމަށް ބުނެފައެވެ.





