އީރާނަށާއި ޔަމަނަށް ހަމަލަ ދޭނެ ކަމަށް ނަތަންޔާހޫ ބުނެފި

އިޒްރޭލަށް ޔަމަނުން ބެލެސްޓިކް މިސައިލުން ހަމަލަ ދިނުމާ ގުޅިގެން ނަތަންޔާހޫ ބުނެފައި ވަނީ ޔަމަނަށާއި އީރާނަށް އެކަށީގެންވާ ރައްދެއް ދޭނެ ކަމަށެވެ. އަދި އިތުރަށް ބުނެފައި ވަނީ ގޮއްވުންތަކެއް ގޮވާނެ ކަމަށެވެ. ނަތަންޔާހޫ ބުނަނީ އެމެރިކާގެ ރައީސް ޓްރަމްޕްގެ މެދުއިރުމަތީގެ ސިޔާސަތުތަކާމެދު މާޔޫސްވެއްޖެ ކަމަށެވެ. އަދި ދެ ލީޑަރުންގެ ދެމެދުގައި މައްސަލަ ޖެހިދާނެ ކަމަށް ބެލެވެއެވެ.

އިޒްރޭލުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަތަންޔާހޫ ބުނެފައި ވަނީ ޓްރަމްޕަކީ ބޮޑެތި ވާހަކަތައް ދައްކާ އެކަމކު އަމަލުން ނަތީޖާ ނުދައްކާ މީހެއް ކަމަށެވެ.

ނަތަންޔާހޫގެ މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެނީ:

  1. އީރާނާއި ސީރިއާއާ ބެހޭގޮތުން އިޒްރޭލުން ފާޅުކުރާ ކަންބޮޑުވުންތަކަށް ޓްރަމްޕް އަމަލީގޮތުން ފިޔަވަޅު ނޭޅުން.
  2. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ސީރިއާ ކޮންޓްރޯލް ކުރަން އުޅުމުން އެކަމަށް ޓްރަމްޕް ތާއީދުކުރުން.
  3. އީރާނާއެކު މަޝްވަރާކޮށް، މަދަނީ ނިއުކްލިއާ ޕްރޮގްރާމަކަށް ދިއުމަށް ޓްރަމްޕް އީރާނަށް ލުއިތަކެއް ދިނުމަށް ނިންމުން.
  4. އިޒްރޭލުގެ ލަފާތަކަށް އަޑުއަހަމުން ދިޔަ ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މަޤާމުން ދުރުކުރުން.

މި ހުރިހާ ކަމަކީވެސް އިޒްރޭލުގެ ސަލާމަތާއި ރައްކާތެރިކަމަށް ނޭދެވޭ އަސަރުކުރާނެ ކަންކަން ކަމަށް ނަތަންޔާހޫ ދެކެއެވެ.

ހިއްސާ ކުރައްވާ!