މެދުއިރުމަތީގެ 3 ރަހުމަތްތެރި ގައުމަކަށް ވިޔަފާރި ސައްލާއަށް ޓްރަމްޕް ކުރައްވާ ދަތުރުފުޅުގައި ފާރިސީ ކަނޑުއޮޅި، ޕާޝިއަން ގަލްފްގެ ނަން ބަދަލުކުރުމަށް ހުށަހަޅަން އުޅޭ ކަމަށް މީޑިއާއިން ރިޕޯޓުކޮށްފިއެވެ. އެސޯސިއޭޓެޑް ޕެރެސްއިން ވަނީ ޓްރަމްޕްގެ އެފަދަ ނިޔަތެއް އޮތް ކަން ހާމަކޮށްފައެވެ.
ތާރީޚީ ވާޤިއާތްތަކާއި ހަގީގަތަކަށް އަހުލުވެރި ނޫން މީހަކަށް ޓްރަމްޕް ވެދާނެއެވެ. އެހެންވެ، އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ ޓްރަމްޕް، އާންމު މައުލޫމާތަށް ހޭލުންތެރި ކުރެއްވުމުގެ ގޮތުން ތާރީޚީ ހެކިތަކާއި ލައިބްރަރީ އޮފް ކޮންގްރެސްގައި ހުރި ޑޮކިއުމެންޓްތައް ހިމަނުއްވައިގެން އޭނާގެ ދަތުރުމަތީގައި މުޠާލިޢާ ކޮށްލުމެއް ޕޯސްޓެއް ތައްޔާރުކޮށް ދެއްވާފައެވެ.
އަރާގްޗީ ވިދާޅުވީ ތާރީޚީ ހަގީގަތް ބަދަލުކޮށްލުމުގެ މަސައްކަތްތަކަކީ އީރާނާއި އެގައުމުގެ ރައްޔިތުންނާ މެދު ޢަދާވާތްތެރި ނިޔަތެއް އޮތް މީހަކު ކޮށްފާނެ ކަމެކެވެ. މެދުއިރުމަތީގައި ދެމެހެއްޓެނިވި ގޮތެއްގައި އެއް ނަމެއްގައި އެއްފަސްގަނޑެއްގައި އެންމެ ގިނަ ދުވަހަށް ދެމިގެން ގޮސްފައިވާ ފާރިސްކަރައިގެ ހަޟާރާގެ މީހުންނާ ދެކޮޅަށް ޓްރަމްޕް ގެންގުޅުއްވާ ފިތުނަވެރި ރޭވުމަކީ ޕާޝިއަން ގަލްފުގެ ނަން "އަރަބި ގަލްފް" ނުވަތަ "ގަލްފް އޮފް އެރޭބިއާ" އަށް ބަދަލު ކުރުމަށް ހުށަހެޅުއްވުމެވެ.
ޓްރަމްޕް ވަނީ އޭނާގެ ޗާޓްތަކުން ގަލްފް އޮފް މެކްސިކޯވެސް ގަލްފް އޮފް އެމެރިކާއަށް ބަދަލުކޮށްފައެވެ. އެބަދަލު ގެނައުމަށް މަޖުބޫރު ކުރުމުންވެސް ދެކޮޅު ހެދި އެސޯސިއޭޓެޑް ޕްރެސްގެ ނޫސްވެރިން ވައިޓްހައުސްއަށް ނުވެއްދުމަށް ޓްރަމްޕް އެންގެވިއެވެ.




