ފޮޓޯގައި މިފެންނަނީ ރަފަޙަ އައްޔާދެވެ. ކާޑު ބަލި ޖެހިފައެވެ، އަދި ގޮތް ނޭނގޭ ބައްޔެއްގެ ޝިކާރައަކަށް ވެފައެވެ. އޭނާގެ ފަރުވާއަށް ގެންދިޔައީ ޣައްޒާގެ ރަންތީސީ ހަސްފަތާލަށެވެ. އެއީ ޒަޔަނިސްޓު ޔަހޫދުން އެތަން އަންދާލުމުން ފާރުގައ ގެދަނބުޅި ޖަހާފައިވާ ހަސްފަތާލެކެވެ. ފަރުވާއަށް ދޭނެ ބޭހެއް ބަލި މީހުންނަށް ފަރުވާ ދޭން ބޭނުން ކުރާނެ ސާމާނެއް ނެތެވެ.
ހަނދާނަށް ގެންނާށެވެ! ޒަޔަނިސްޓުންގެ ނާޒީ ހަމަލަތަކުގައި ނައްތާލީ ކިތައް ހަސްފަތާލު ހެއްޔެވެ؟ ހަނގުރާމައިގެ ޖަރީމާއަކަށް ނުފުދޭ ހެއްޔެވެ؟
އެއް ފަހަރު އެއީ އެތަންތާ އަޑީގައި ހަމާސްއިން ބިންގަރާސް ހަދައިގެން ހަނގުރާމަ ކުރިއަށް ގެންދާ ކޮންޓްރޯލު ރޫމު ހަދައިގެން އުޅޭ ތަންތަނެވެ.
އަނެއް ބައި ފަހަރު އެއީ ހަމާސް މީހުން ފިލައި ތިބޭ ތަނެކެވެ.
ހަސްފަތާލުތަކަކީ މަދަނީ ބޭނުމުގެ ތަންތަނެވެ. ޔަހޫދީ ޝަރީއަތުގައިވެސް އެފަދަ ތަންތަނަށް ހަމަލަ ދިނުމަކީ ހަރާމް ވެގެންވާ ކަމެކެވެ. އެކަމަކު ޒަޔަނިސްޓުންގެ އަގީދާގައި ޕްރޮޕެގެންޑާއާއެކު ކޮންމެ ފަދަ ޖަރީމާއެއްވެސް ހިންގި ދާނެއެވެ. ސަޕޯޓަރުން އަތްތިލަބަޑި ޖަހަން ތިބެންވީއެވެ.
ރަފަޙަ އައްޔާދު ވަނީ އޭނާގެ އަޑާއި މަންޒަރުން ވީޑިއޯއެއް އާންމުކޮށްފައެވެ. އޭނާގެ އެންމެ އެދުމެވެ. ކުރި ހުރި ގޮތަށް އަލުން ރޫފަ ރަނގަޅުވާން ބޭނުންވާ ކަމުގެ މެސެޖެކެވެ.
ނާޒީ ޒަޔަނިސްޓު ޔަހޫދީން ވަނީ މާޗް މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ކާނާއާއި ފެނާއި ބޭސްފަދަ އެއްވެސް އެއްޗެއް ވެއްދުން މަނާކޮށްފައެވެ. މިސްރާ ވީފަޅީގައި ރަފަޙަ ބޯޑަރުގައި ލޮރިތައް އެތިބީ ޣައްޒާއަށް ވަންނަން ސަފު ހަދާފައެވެ. އަރަބި ލީޑަރުން މިވާހަކަ ދައްކާ ވަރަށް ވުރެން ވިޔަފާރި ސައްލާތަކުގައި އުޅެނީ އަވަދި ނެތިއެވެ.





