އަހަރުގެ މިހާތަނަށް އެކި ކަހަލަ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރު ވެފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަ ކުރި މައުލޫމާތުން ހާމަވެއްޖެއެވެ. މިމަގުގެ 1 ގެ ނިޔަލަށް އަހަރުގެ ފުރަތަމަ 4 މަހު ދައުލަތަށް ލިބިފައިވާ އާމްދަނީ އަދި ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ޚަރަދުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓް ހާމަކޮށްފައި ވެއެވެ. އެ ރިޕޯޓުން ދައްކަނީ މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ގްރީން ޓެކްސްގެ އާމްދަނީ 73.7 ޕަސެންޓަށް އިތުރު ވެފައިވާ ކަމަށެވެ. އަދި ބޭރަށް ފުރާ މީހުންގެ އަތުން ނަގާ ޓެކްސްވެސް 31.9 އިންސައްތައަށް އިތުރު ވެފައވާ ކަމަށް ދައްކައެވެ. އެއިން ހާމަވެގެން ދަނީ ފަތުރުވެރިކަން ކުރިއަށް ދާމިންވަރުކަން ހާމަވެއެވެ. އަދި އެއާއެކު އެކީގައި ފަތުރުވރިކަމުގެ ދއިރާގެ ޓީޖީއެސްޓީވެސް 5.3 އިންސައްތައަށް އިތުރު ވެފައިވާ ކަމަށް ދައްކައެވެ.
ޖުމުލަކޮށް މިކުރިއެރުމާއެކު މިއަހަރުގެ މާލީ ހާލަތު ދައްކަނީ މިދިޔަ އަހަރަށް ވުރެން ރަނގަޅު ކަމަށެވެ. އެގޮތުން، މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީ ވަނީ 32.3 އިންސައްތައަށް އިތުރު ވެގެން ގޮސްފައެވެ. ނަމަވެސް އޭގެ ތެރޭގައި ރިސޯޓު ބިމު ކުލީގެ ގޮތުގައި 20 ޕަސެންޓް ހިމެނެއެވެ.
އާމްދަނީ އިތުރު ވެފައިވާ ކަމަށް ދައްކާއިރު ދައުލަތުގެ ހޭދަވެސް ކުޑަ ކުރެވިފައި ވެއެވެ. އެގޮތުން ދައުލަތުގެ ޖުމްލަ ޚަރަދު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު 21.3 ޕަސެންޓް ދަށް ކުރެވިފައި ވެއެވެ.
މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުން މި ކުއާޓަރުގައި ހޭދަވެފައި ވަނީ ޖުމުލަ ބަޖެޓުގެ 24.3 އިންސައްތަ އެވެ.
އަދި މަހުން މަހަށް ބަލާއިރު މި މަހުވެސް ދައުލަތް ހިންގުމުގެ ރިކަރެންޓް ޚަރަދު ވަނީ 3.3 ޕަސެންޓަށް ދަށްވެފައެވެ.





