ވާނުވާ މައްސަލަ ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުގެ ތެރޭން ހުޅުމާލޭގައި ކުރިމިނަލް ކޯޓުގެ އައު އިމާރާތެއް އަޅަމުންދާ ކަމަށްވެސް މިއަދުގެ ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. މި ކޯޓު އިމާރާތަކީ 11 ކޯޓުރޫމް ހިމެނޭ އިމާރާތެކެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވާނުވާ ޖަހަފައި ތިބޭ މީހުންގެ މައްސަލަ ހައްލުކުރުމަށް މި ކޯޓު އިމާރަތަކީ، އެމަނިކުފާނުގެ ސަރުކާރުން މުހިންމު ކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.
މިމައްސަލަ ޙައްލު ކުރުމަށް ދެއްވާ އަހަންމިއްޔަތު ހާމަކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި މިވަގުތު، 300 އަށްވުރެ ގިނަ މީހުން ޝަރީޢަތުގެ މަރުހަލާގެ ބަންދުގައި އެބަ ތިބިކަމަށާއި، އޭގެ ތެރޭގައި، ހައެއްކަ އަހަރުވެފައި ތިބި ފަސްމީހަކު ހިމެނޭކަންވެސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ، މި އިމާރާތުގެ މަސައްކަތް ނިމުމުން ކްރިމިނަލް ކޯޓަށް ބޭނުންވާ އިދާރީ މުވައްޒަފުން މަދުވާނަމަ، ބޭނުންވާ ޢަދަދަށް މުވައްޒަފުންވެސް ހޯއްދަވައި ދެއްވާނެ ކަމަށެވެ.




