ޕާކިސްތާނާއި އިންޑިއާއިން ހަނގުރާމަ ހުއްޓާނުލައިފިނަމަ "އެއްވެސް ވިޔަފާރިއެއް ނުލިބޭނެ" ކަމަށް އިންޒާރު ދެ ގައުމަށް މިހާރު އިންޒާރު ދެއްވާފައިވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "ހުއްޓާލަމާ، ހުއްޓާލަމާ. ތިޔަބޭފުޅުން [ޕާކިސްތާނާއި އިންޑިއާ] އެ ހަމަނުޖެހުން ހުއްޓާ ނުލައިފިނަމަ، އަޅުގަނޑުމެން މިކުރަނީ ވިޔަފާރި. ހުއްޓާ ނުލައިފިނަމަ އެއްވެސް ވިޔަފާރިއެއް ނު ދޭނަން." ކަމަށެވެ.
"އަޅުގަނޑު ވަރަށް ފަޚުރުވެރިވަން އިންޑިއާ އާއި ޕާކިސްތާނުގެ ލީޑަޝިޕަކީ ވެސް ފަސްނުޖެހޭ އަދި ބާރުގަދަ ލީޑަޝިޕެއްކަން އެނގޭތީ، ދެ ހާލަތުގައި ވެސް އެއްވެސް ވަރަކަށް ފަސްނުޖެހޭ." ބޭފުޅުންތަކެއް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުންކުރި ގޮތަށް ދުވަހަކުވެސް މީހުން ހަގީގަތުގައި ވިޔަފާރިއެއް ބޭނުންކޮށްފައި ނުވާނެ." އެކަމުގެ ފައިދާ ނަގާނެ ކަމަށާއި އެކަން އަންގާފައިވާނެ ކަމަށް ތްރަމްޕް ވިދާޅުވިއެވެ.




