ޓްރަމްޕްގެ ވާހަކަ އިންޑިއާއިން ދޮގުކޮށްފި

އިންޑިއާ ޕާކިސްތާނުން ހަމަލަތައް ނިންމާލުމުގައި ވިޔަފާރީގެ ފިއްތުންތައް ފިއްތުމަށް ތްރަމްޕް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް އިންޑިއާއިން ބުނެ ޓްރަމްޕްގެ ވާހަކަ ދޮގު ކޮށްފިއެވެ. ޓްރަމްޕް ވިދާޅުވީ ދެގައުމަށްވެސް ވިޔަފާރި ނުދޭނެ ކަމަށް ބުނެ ހަމަލަތައް ހުއްޓާލަން އަންގާފައިވާނެ ކަށާއި ބަސްހެއުމަށް އަންގާފައި ވާނެ ކަމަށެވެ.

އޮޕަރޭޝަން ސިންދޫރު ފެށުމަށް ފަހު މެއި މަހުގެ ނުވަ ވަނަ ދުވަހު އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ވާހަކަ ދެއްކެވި އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ މެއި މަހުގެ 8 އަދި 10 ގައި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރާއި ވާހަކަ ދެއްކެވިއެވެ. އަދި މެއި މަހުގެ 10 ވަނަ ދުވަހު ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ޑޯވަލްއާ ވާހަކަ ދެއްކެވި އެވެ.

އިންޑިއާއިން ބުނަނީ މި ވާހަކަތަކަށް ފަހުވެސް އިންޑިއާއިން 3 ވަނަ ފަރާތެއްގެ މެދުވެރިކަމަށް ދެކޮޅު ހަދާފައިވާނެ ކަމަށެވެ، އަދި ސީދާ ޕާކިސްތާނާ ވާހަކަ ދައްކައިގެން ނޫނީ މައްސަލަ ނުނިމޭނެ ކަމުގައި ބުނެފައި ވާނެ ކަމަށެވެ.

އެއަށްއަފު، ދެ ގައުމުގެ ޑިރެކްޓަރ ޖެނެރަލް އޮފް މިލިޓަރީ އޮޕަރޭޝަންސް (ޑީޖީއެމްއޯ) އާއި ދެމެދު ސީދާ މަޝްވަރާތަކަށް އިންޑިއާއިން ބާރުއެޅި އެވެ. އަދި ޕާކިސްތާންގެ ޑީޖީއެމްއޯ އިންޑިއާއަށް ގުޅުއްވައި ހަވީރު 5 ން ފެށިގެން ހަމަލަތައް ހުއްޓާލުމަށް އެއްބަސްވީއެވެ.

އެހެންވެ އިންޑިއާއިން ބުނަނީ ތްރަމްޕް ވިދާޅުވާ ގޮތަށް ވިޔަފާރީގެ ފިއްތުމެއް ނޫނީ ބިރު ދެއްކުމެއް މިނިންމުން ނިންމުމުގައި ނުހިމެނޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!