ޕާކިސްތާނުން ހިންގި އޮޕަރޭޝަނަށް ފަހު ޝެހްބާޒް ޝަރީފް ޤައުމާ މުޚާތަބު ކުރެއްވިތާ 24 ގަޑިއިރު ފަހުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީވެސް ޤައުމާ މުޚާތަބު ކުރެއްވިއެވެ. އޭނާ ވަނީ. ޓެރަރިޒަމާ ދެކޮޅަށް އިންޑިއާގެ ރައްޔިތުންގެ އެއްބައިވަންތަކަމާއި އެމީހުން ކުރި މަސައްކަތް ފާހަގަ ކޮށްފައެވެ.
އަދި އޭޕްރިލް 22 ގައި ޕަހަލްގާމްގައި ހިނގި ހަމަލާގައި 26 އާންމު ރައްޔިތުންގެ މރަށް ބަދަލު ހިފުމަށް ހިންގި "އޮޕަރޭޝަން ސިންދޫރު" ގެ ކާމިޔާބީއަށްޓަކައި ސިފައިންނަށް މޮދީ ތަޢުރީފުކުރެއްވިއެވެ.
ޕާކިސްތާނާއެކު ހަނގުރާމަ ހުއްޓާލުމަށްފަހު ވާހަކަދައްކަވަމުން، މޯދީ ވިދާޅުވީ މި އޮޕަރޭޝަނަކީ އިންޑިއާގެ ޓެރަރިޒަމާޒަމާ ދެކޮޅު ސިޔާސަތުގެ "އައު އާދައިގެ ކަމެއް" ކަމަށެވެ. މި އޮޕަރޭޝަނުގައި ޕާކިސްތާނާއި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ހުރި 9 ޓެރަރިސްޓު ކޭމްޕަކަށް ހަމަލާދީ ފައި ވެއެވެ. އަދި، ޖައިޝެ މުޙައްމަދު އަދި ލަޝްކަރޭ ޠައްޔިބާއާ ގުޅުންހުރި މުހިންމު ފަރާތްތަކާއެކު 100 އަށްވުރެ ގިނަ ޓެރަރިސްޓުން މަރާލާފައި ވެއެވެ.
މި އޮޕަރޭޝަނުގެ ނަމުގެ ނަފްސާނީ މުހިންމުކަން ފާހަގަކުރައްވަމުން، އެއީ ހަމަލާގައި ފިރިން ގެއްލުނު އަންހެނުންނަށް އިންސާފު ހޯދައިދިނުމުގެ ރަމްޒެއްކަން މޮދީ ފާހަގަކުރެއްވިއެވެ.
ކުރިމަގުގައި ޕާކިސްތާނުގެ "ނިއުކްލިއަރ ބްލެކްމެއިލް" އަށް އިންޑިއާއިން ނުސިހޭނެ ކަން މޯދީ ފާހަގަކުރެއްވިއެވެ. އަދި ޕާކިސްތާނުގެ ސިފައިންނާއި އިންޑިއާއިން ޓެރަރިސްޓުން ކަމަށް ބުނާ މީހުންނާ އޮތް ގުޅުމަށް ފާޑުވިދާޅުވެ، މޮދީ ވަނީ އެ އޮޕަރޭޝަނަށް 20 ޤައުމަކުން ތާއީދުކުރިކަން ފާހަގަކުރައްވާފައެވެ.
މި އޮޕަރޭޝަނުން އިންޑިއާގެ އަމިއްލަ ހަތިޔާރުތަކާއި ސްޓްރެޓެޖިކް ފުރިހަމަކަން ދައްކުވައިދިނެވެ. އަދި ދައުލަތުގެ އެހީތެރިކަމާއެކު ހިންގާ ޓެރަރިޒަމާ ދެކޮޅަށް ހަރުދަނާކަމާއެކު އިންޑިއާއިން ހަމަލަ ދިނުމަށް ކުރިއަށްދާނެކަމުގެ އަޒުމު އިތުރަށް ވަރުގަދަކޮށް ދިނެވެ.


